ޓޫރިޒަމް ދާއިރާ ކުރިއެކޭ އެއްގޮތަށް ދިރުވަން ޓޫރިސްޓުންގެ އިތުބާރާއި ދަތުރުފަތުރުގެ ފަސޭހަކަން ހަމަހަމަވާން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖޫން 2020
ޓޫރިޒަމް ދާއިރާ ކުރިއެކޭ އެއްގޮތަށް ދިރުވަން ޓޫރިސްޓުންގެ އިތުބާރާއި ދަތުރުފަތުރުގެ ފަސޭހަކަން ހަމަހަމަވާން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫއެންޑަބްލިއުޓީއޯގެ "ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާ"ގެ 32 ވަނަ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް އެއް މިންގަޑުތަކެއްގައި ހިފަހައްޓައިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުން ލިބޭ ކުރިއެރުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަންނަ މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖޭން ދޭން ބޭނުންވާ އުންމީދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް މިނިސްޓަރު އަލީ ވަހީދު އެވެ.
"ރާއްޖޭން ގަބޫލުކުރާ ގޮތުގައި މި ބަލިމަޑުކަމާ ގުޅިގެން އަޑިއަޅާލައިފައިވާ ޓޫރިޒަމް އަލުން ދިރުވުމުގެ ބިންގަލަކީ ޓޫރިސްޓުންގެ އިތުބާރާއި ދަތުރުފަތުރުގެ ފަސޭހަކަމުގެ ތިލަފަތް ހަމަހަމަވުން،" މިނިސްޓަރު ވިދާޅުވި އެވެ.
Minister @ali20waheed chaired the @UNWTO Commission for East Asia & the Pacific (CAP) and Commission for South Asia (CSA) 32nd Joint Meeting in attendance with @UNWTO SG @pololikashvili held this morning.#RestartTourism#sustainability#CAPCSA#Collaboration#coordination pic.twitter.com/VtFdY0yibl
— Ministry of Tourism (@MoTmv) June 30, 2020
ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓެއް--
ޔޫއެންޑަބްލިއުޓީއޯގެ މި އަހަރުގެ ބައްދަލުވުން ސްރީ ލަންކާގައި ބާއްވަން ނިންމި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މި ބައްދަލުވުން ބާއްވާފައިވަނީ އޮންލައިންކޮށެވެ. މި ބައްދަލުވުމުގައި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާއި އިތުބާރު ނެގެހެއްޓުމަށް އެކި ގައުމުތަކުން ކުރާ މަސައްކަތްތަކާ ގުޅެގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވަން ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހު 15 ގަ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން ޔަގީން ކުރުމަށް ޓޫރިޒަމް ދާއިރާގެ އިސް މީހުންނާއި މިނިސްޓްރީ ގުޅިގެން ވަނީ ގައިޑްލައިނެއް ވެސް ނެރެފަ އެވެ. މި ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ވައިރަސްގެ އަލާމާތްތައް ފެންނަ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ.
"އިސްކަން ދޭންވީ ކޮވިޑް-19 އިން އަރައިގަންނަން"
ޔޫއެންޑަބްލިއުޓީއޯގެ މި ސަރަހައްދުގެ ރިޔާސަތަށް ރާއްޖެ
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
އަލީ ވަހީދަށް ކުރާ ތުހުމަތުގައި 15 މީހަކު ބަޔާންދީފި
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
މިނިސްޓްރީއަށް ފައިސާ ބަލައިގަންނަން ބޭނުމެއްނޫން: އަލީ
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
ޓޫރިޒަމް ފަށާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"