Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ

ރައްޔިތުން ހިތްވަރު ކޮށްފިއްޔާ ބޯޑަރު އަލުން ބަންދު ކުރާކަށް ނުޖެހޭނެ: އަލީ ވަހީދު

25 ޖޫން 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ރައްޔިތުން މިހާތަނަށް ކުރި މަސައްްކަތް ދެގުނަ އަށް އިތުރުކޮށްފި ނަމަ ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވައިލުމަށް ފަހު، ދެން އަލުން ބަންދުކުރަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ރައްޔިތުން މިހާތަނަށް ކުރި މަސައްްކަތް ދެގުނަ އަށް އިތުރުކޮށްފި ނަމަ ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވައިލުމަށް ފަހު، ދެން އަލުން ބަންދުކުރަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އަލީ ވަހީދު ވިދާޅުވީ، ކޮވިޑްގެ ސާޖެއް ނައިސް ކޮންޓްރޯލް ކުރެވުނީ ރައްޔިތުން ކުރި ހިތްވަރުން ކަމަށާއި އެކަމުގައި ސަރުކާރަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އަލުން ފެށިޔަސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެ ގޮތުގައި ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އޮޕަަރޭޝަން ކުރިއަށް ދާނީ ބައްޔަށް ވެކްސިނެއް ފެނި، ދުނިޔޭގައި ވެސް ބަލި ކޮންޓްރޯލް ވަންދެން ކަމަށެވެ.

"ދިވެހި ރައްޔިތުން ކުރި ހިތްވަރު އިތުރަށް ދެގުނަ ކޮށްފި ނަމަ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ބޯޑަރު އަލުން ބަންދު ކުރާކަަށް ނުޖެހޭނެ. އަޅުގަނޑުމެން މަސައްކަތް އެގޮތަށް ކޮށްފިއްޔާ އަޅުގަނޑުމެންނަަށް ސަލާމަތް ވެވޭނެ. އެހެން ނަމަވެސްް އަޅުގަނޑުމެން ފަރުވާކުޑަ ކޮށްލައިފިއްޔާ އަލުން ހަމަ ބޯޑަރު ބަންދުކުރަން ވެސް ޖެހުމުގެ ބިރުވެެރިކަން އޮތް ކަމެއް މިއީ،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި އަލުން ހުޅުވާލައި ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތް ފެށޭ ހިސާބަށް އާދެވުނީ ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެގޮތުން، ރާއްޖެގެ ސިއްހީ ނިޒާމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށް، "ނޭވާއެއް ލެވޭ ވަރަށް ޖާގަ ލިބިފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ކުރި ހިތްވަރު އިތުރަށް ދެގުނަ ކޮށްފިނަމަ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރާކަަށް ނުޖެހޭނެ. އަޅުގަނޑުމެން މަސައްކަތް އެގޮތަށް ކޮށްފިއްޔާ އަޅުގަނޑުމެންނަަށް ސަލާމަތް ވެވޭނެ. އެހެން ނަމަވެސްް އަޅުގަނޑުމެން ފަރުވާކުޑަކޮށްލައިފިއްޔާ އަލުން ހަމަ ބޯޑަރު ބަންދުކުރަން ވެސް ޖެހުމުގެ ބިރުވެެރިކަން އޮތް ކަމެއް މިއީ--- އަލީ ވަހީދު

ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އަޅާނަން

އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ "ދެވަނަ ރާޅެއް" ރާއްޖެ އަށް އަތުވެއްޖެ ހާލަތެއްގައި ބޯޑަރު ބަންދުކުރަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެކަމަށް ސަރުކާރު ހޭލާ އޮންނާނެ ކަމަށާއި ގޯސް ހާލަތަކަށް ހިނގައްޖެ ނަމަ ފްލޯޓިން ހޮސްޕިޓަލެއް ގެންނާނެ ވާހަކަ ކުރިން ވިދާޅުވީ ވެސް އެ ޖޯޝުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ކުރި މަސައްކަތްތަކުގެ ގޮތުގައި، ވިދާޅުވީ ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގެ ވާހަކަ އެވެ.

"އެއީ ފްލޯޓް ކުރާ އެއްޗެއް ކުއްޔަށް ގެނެސްފިއްޔާ އަނެއްކާ އަނބުރާ ގެންދަން ޖެހޭނެތާ. އެހެެންވީމާ ހަގީގަތުގައި އަޅުގަނޑު ދަންނަވާނީ ސަރުކާރުން ކުއްލި ނިންމުންތައް ނިންމުމުގެ ބަދަލުގައި އަޅުގަނޑުމެން ނިންމާފައި މިހިރީ ދުރު ރާސްތާ ނިންމުންތަކެއް. އޭގެ ނަތީޖާ އަސްލު ބޯޑަރު ހުޅުވާލެވެން މި އަންނަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު، ރާއްޖެ އަށް އަންނަން ބޭނުންވާ ގިނަ ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ. އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލާ ތާރީހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަންގާރަ ދުވަހު އިއުލާނުކުރެއްވުމާ އެކު، ރާއްޖޭގެ މައުލޫމާތު ހޯދަން ޓޫރިޒަމް މިިނިސްޓްރީގެ ވެބްސައިޓަށް ވަން މީހުން ގިނަ ކަމުން ވެބްސައިޓް ދެ ފަަހަރަށް ޑައުންވި ކަަމަށެވެ.

ބޯޑަރު ހުޅުވާލުމާ އެކު ރާއްޖެ އަށް ދަތުރު ފަށަން 10 އެއާލައިނަކުން ފައިލްކޮށްފައިވާ ކަަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ކުރިން ވަނީ ބުނެފަ އެވެ. އަލީ މިރޭ ވިދާޅުވީ 11 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ހުށަހަޅާފައިވާ ކަމަށެވެ. އެއާ އެކު ރާއްޖޭގެ 40 އަށް ވުރެ ގިނަ ރިސޯޓް ވެސް އޮތީ އަލުން ހުޅުވަން ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.