ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ "ބީރުކަންފަތަކާއި ކަނުލޮލެއް ދެއްވައިގެން" ކަމަށް ބުނެ އިދިކޮޅުން އޭނާ އަަށް މިއަދު ފާޑުކިޔައިފި އެވެ.
30 ޖޫން 2020
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ "ބީރުކަންފަތަކާއި ކަނުލޮލެއް ދެއްވައިގެން" ކަމަށް ބުނެ އިދިކޮޅުން އޭނާ އަަށް މިއަދު ފާޑުކިޔައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި މީޑިއާ ބްރީފިންގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރަން ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި މައްސަލަ ރައްޔިތުންނާ ހަމައަށް އައުމުން ވެސް އިމްރާން ހުންނެވީ ބީރުކަންފަތެއް ދެއްވައިގެން ކަމަށެވެ. މި ސަރުކާރަކީ މައުލޫމާތު ހާމަކުރަން ވައުދުވެގެން އައި ސަރުކާރަކަށް ވިޔަސް މި މައްސަލައިގެ މައުލޫމާތު ހާމަކުުރަން ފަސްޖެހި މައުލޫމާތު ފޮރުވަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާ އެކު މިކަމެއް އުފެދިގެން މިކަން ދިވެހި ރައްޔިތުންނާ ހަަމައަށް ތިލަވެގެން އައި އިރު، ފުލުހުންގެ މުއައްސަސާ ހިންގުމާ ނުވަތަ ބެލެހެއްޓުމާ ހަވާލުވެގެން ހުންނަވާ ވަޒީރު ކަންފަތް ބީރުވެ، ލޯކަނުވެފައި ހުންނެވި މަންޒަރު މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ސަފާރީގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ބެހޭ ގޮތުން ލިބިފައިވާ އާ މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ، ފުލުހުންނަށް ޝުޖާއު އާ ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ އަނިޔާ ލިބުނު އަންހެންމީހާ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، ފުލުހުން އެ ސަފާރީ ރެއިޑްކުރަން ދިޔަ ކަމަށާއި އެކަމަކު އެކަން ވަކި ހިސާބަކުން ހުއްޓައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭރު ސަފާރީގައި ނުވަ މީހަކު ތިބި ކަމަށާއި އެ މީހުން ހައްޔަރުކުރަން އުޅުނު ކަމަށާއި އޭގެ ތެރޭގައި ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ކޮއްކޯފުޅެއް ހިމެނޭ ކަމަށް ވެސް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޝުޖާއު ފުލުހުންނަށް ސުވާލުތަކެއް ވެސް ކުރިމަތިކުރެއްވި އެވެ.
"އަޅުގަނޑުމެން މިއަދު ކުރިމަތިކުރާ ސުވާލުތަކަކީ، މި އޮޕަރޭޝަން ފުލުހުން ހިންގި އިރު މިދެންނެވި ސަފާރީ ބޯޓުގައި ކޮމިޝަނާ އޮފް ޕޮލިސް (މުހައްމަދު) ހަމީދުގެ އެއްވެސް ކޮއްކޮއެއް ނުވަތަ ތިމާގެ މީހެއް ހުރިތޯ؟" ޝުޖާއު ވިދާޅުވި އެވެ.
ދެވަަނަ ސުވާލެއްގެ ގޮތުގައި އޭނާ ކުރެއްވީ ކްރައިމް ސީންގައި ތިބި ފުުލުހުންނަށް އެ އޮޕަރޭޝަން ހުއްޓާލާފައި އެނބުރި އަންނަން އެންގިތޯ ނުވަތަ ނޫންތޯ އެވެ.
އިދިކޮޅުން ދެއްކި މި ވާހަކަތަކާ ގުޅޭ ގޮތުން ފުލުހުންގެ ކޮމެންޓެއް ހޯދަން މަަސައްކަތް ކުރި ނަމަވެސް އަދި ނުލިބެ އެވެ.
އެކަމަކު ޖިންސީ ގޯނާގެ އެ މައްސަލައާ ގުޅޭ ގޮތުން އުފައްދަމުންދާ ސުވާލުތަކަށް މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވަނީ ޖަވާބު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނާ ގާނޫނުން ހަވާލުވެފައިވާ މަސައްކަތްތައް ކުރާނީ މިނިވަންކަމާ އެކުގައި ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ފުލުހުންނަށް ބާރު ވެސް އަޅުއްވާ ކަމަށް ވިދާޅުވި އެވެ.
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ޖިންސީ ގޯނާ ކުރި މީހުން ދޫކޮށްލައިގެން ނުވާނެ
މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލަން ގޮވާލައިފި
ހޯމް މިނިސްޓަރު އުޅުއްވާ ފްލެޓް ކައިރީ މުޒާހަރާކޮށްފި
ތަހުގީގަށް މީހުން ހައްޔަރުކޮށްގެން ނުވާނެ: ޔާމީން
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
އިމްރާން މަޖިލީހުގައި ހެދީ ދޮގު، މަގާމުގައި ނުހުރެވޭނެ
ސަފާރީ ކޭސް:"ދައުވާކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ"
މީޑިއާތަކާ މެދު ތަފާތުކުރާ ކަމަށް ބުނެ މުޒާހަރާކޮށްފި
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް