Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ތ. ގުރައިދޫގައި ލޯންޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

ތ. ގުރައިދޫގައި ލޯންޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

01 ޖުލައި 2020

ތ. ގުރައިދޫގައި މިއަދު ލޯންޗެއް ގޮވައި އޭގައި ތިބި ބަޔަކު ފިހިއްޖެ އެވެ.

ތ. ގުރައިދޫގައި މިއަދު ލޯންޗެއް ގޮވައި އޭގައި ތިބި ބަޔަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ ރޯވެފައިވަނީ މާލެފުށި ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "މާލިފުށި 2" ލޯންޗުގައި ކަމަށާއި އޭގައި ތިބި ހަ މީހުންގެ ތެރެއިން ދެ މީހަކު ފިހިފައިވާ ކަމަށެވެ. އެ މީހުންގެ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ގުރައިދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗަކީ މާލިފުށި ރިސޯޓުން މާލެ އަށް ދަމުން ގުރައިދު އަށް ޖައްސައި އެ ރިސޯޓްގެ މުވައްޒަފުންތަކެއް ގޮވައިގެން ދިޔަ ލޯންޗެއް ކަމަށާއި ބާރު އަޑަކާ އެކު ލޯންޗުގައި ރޯވީ ފަޅުން ނުކުތްތަނާ ކަމަށެވެ.

ރަށުން ވާހަކަ ދެއްކި މިހާ ބުނި ގޮތުގައި ފިހުނީ ލޯންޗުގައި އިން ފުވައްމުލަކު އަންހެނަކާއި ސްރީ ލަންކާގެ ފިރިހެނެކެވެ.

ލޯންޗުގައި އަލިފާން ރޯވެ އެނދުމުގެ ސަބަބުން ލޯންޗް ފެތިފައި

ލޯންޗުގައި އަލިފާން ރޯވެ އެނދުމުގެ ސަބަބުން ލޯންޗް ފެތިފައި

ފުލުހުން ބުނީ ފިހުނު މީހުންނަށް މާލިފުށި ރިސޯޓްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

ލޯންޗުގައި ރޯވި އަލިފާން، މާލިފުށި ރިސޯޓްގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. "މިހާރު" އަށް ވާހަކަ ދެއްކި ގުރައިދޫ މީހާ ބުނީ ލޯންޗު އޮތީ އަނދައި ހުލިވެފައި ކަމަށެވެ. ލިބިފައިވާ ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި އަލިފާން ރޯވެ އެނދުމުގެ ސަބަބުން ލޯންޗް އޮތީ ފެތިފަ އެވެ.