ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި، ބޮޑެތި ވައްކަންކޮށް، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ރ. އަތޮޅުން ހައްޔަރުކުރި އެކަކު ދޫކޮށްލައި، ދެން ތިބި މީހުންގެ ބަންދަށް އަށް ދުވަސް އިތުރުކޮށްފި އެވެ.
02 ޖުލައި 2020
ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި، ބޮޑެތި ވައްކަންކޮށް، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ރ. އަތޮޅުން ހައްޔަރުކުރި އެކަކު ދޫކޮށްލައި، ދެން ތިބި މީހުންގެ ބަންދަށް އަށް ދުވަސް އިތުރުކޮށްފި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހުން ހައްޔަރުކުރީ އެ އަތޮޅު އުނގޫފާރުންނެވެ. ދެން ހުރި މީހާ ހައްޔަރުކުރީ، އެ މައްސަލައާ ގުޅިގެން ދެން ފާސްކުރި ތަނަކުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޖަމާއަތް ހަދައިގެން ބޮޑެތި ވައްކަންކުރުމާއި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން 28 އަހަރުގެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. ދެން ތިބި އެންމެން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގުކުރަން މުއްދަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ހައްޔަރުކުރީ އުމުރުން 23، 24، 25، 28، 33 އަދި 36 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން މީގެ ކުރިން ހަތް ދުވަސް ދީފައި ވެ އެވެ.
އުނގޫފާރުން ހައްޔަރުކުރުމަށް ފަހު އެ މީހުންނާ ގުޅުން ހުރި ތިން ތަނެއް އެ އަތޮޅު މަޑުއްވަރީން ބެލި އެވެ. މީގެ އިތުރުން، އެ މީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅު ރަށެއް ވެސް ފުލުހުން ފާސްކުރި އެވެ. އެ ތަންތަނުން މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެކި ރަށްރަށުގައި ހުޅުޖެހުމުގެ އަމަލުތަކެއް މި އަހަރު ހިންގާފައިވާއިރު މިއީ އުޅަނދުތަކަށް ގެއްލުންދީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ވެސް އޭޕްރީލް 15 ގައި ރޯކޮށްލާފައި ވެ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ލޯންޗަކާއި ސީ އެމްބިއުލާންސަކާއި އދ. އަތޮޅު ކައުންސިލްގެ ލޯންޗަކާއި އަމިއްލަ މީހެއްގެ ދެ ލޯންޗު ހިމެނެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ، އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ޒިންމާ އައިއެސް އިން ފަހުން އުފުލި ނަމަވެސް ފުލުހުން ބުނީ ރޯކުރި މީހުންނާ އައިއެސްއާ ގުޅުމެއް އޮތް ކަމެއް ނޭނގޭ ކަމަށެވެ.
ހުޅުޖެހުން، ވައްކަމުގެތުހުމަތަށް އިިތުރު މީހަކު ހައްޔަރު
ހައްމާދަށް ހަމަލާދިނީ އާސިފް؛ ގުޅެނީ ވައްކަމާ!
މަޑުއްވަރީން އިތުރު ތިން މީހަކު ހައްޔަރުކޮށްފި
"ކައިވެނި" ނަމުގައި އަނެއްކާވެސް ރޭޕްކުރި މައްސަލައެއް
މަޑުއްވަރީގައި ހަރުކަށި ފިކުރު ހުއްޓުވަން ފިޔަވަޅު ނާޅާ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް