ޖިންސީގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވިދާޅުވެ، މުޒާހަރާ ކުރާ ފަރާތްތަކަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިތްވަރު ދެއްވައިފި އެވެ.
03 ޖުލައި 2020
ޖިންސީގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވިދާޅުވެ، މުޒާހަރާ ކުރާ ފަރާތްތަކަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިތްވަރު ދެއްވައިފި އެވެ.
އަނިޔާ އަށް އިންސާފު ނުލިބުމަކީ އަޑު އުފުލަން ޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، މިނިސްޓަރު ފޭސްބުކްގައި ލިއުއްވި ގޮތުގައި މައްސަލަ އަށް ހައްލު ހޯދުމަށް "އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ އެކުގަ" އެވެ.
ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހަކު ދޫވީ، ސިޔާސީ ނުފޫޒު ވަދެގެން ކަމުގެ ތުހުމަތާ އެކު އެކަމާ ދެކޮޅަށް މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. ރޭޕްގެ މައްސަލަތަކުގެ ތެރެއަށް ނުފޫޒު ވަދެ ތުހުމަތުވާ މީހުން ދޫވުމަކީ މިފަދަ މައްސަލަތަކުގައި އިންސާފު ނުލިބޭނެ ކަމުގެ ހެއްކެއް ކަމަށް ބުނެ މާލޭގައި މިއަދު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
އެ މުޒާހަރާގައި، މި މައްސަލައިގައި ހައްލު ހޯދައިދޭން ސަރުކާރުގެ ކަމާބެހޭ އެކި އިދާރާތަކަށް ގޮވާލާފައިވެ އެވެ.
މި މުޒާހަރާ އަށް އިޝާރާތް ކުރައްވައި ޖެންޑާ މިނިސްޓަރު އައިޝާ ފޭސްބުކްގައި ވިދާޅުވީ މުޒާހަރާ ކުރާ މީހުންގެ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. ޒަމާނުއްސުރެން ހައްލު ނުވެފައި އޮތް މައްސަލަ އަށް އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގަތް މިނިސްޓަރު ވިދާޅުވި އެވެ.
އެއީ އަވަސް އިސްލާހުތަކެއް ކަމަށާއި އިޖުތިމާއީ އިސްލާހުން ފެށިގެން ތަހުގީގުކުރުމާއި ދައުވާ ކުރުމާ ހަމައަށް ހުރިހާ ކަމެއް އިސްލާހުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މަގުމަތީގަައި ކަންބޮޑުންތައް އިއްވަމުންދާ ފަރާތްތަކަށް، އަޅުގަނޑުމެންނަށް ތިޔަ ބޭފުޅުންގެ އަޑު އިވިއްޖެ. ޖިންސީ ގޯނާއާއި ފުރައްސާރައިގެ ނުރައްކަލުން އަންހެނުންނާއި ކުދިން ހިމާޔަތްކުރުުމުގައި ނިޒާމު ފެއިލްވެފައިވާތާ މާ ގިނަ ދުވަސް ވެއްޖެ،" އައިޝާ ދީދީ ލިއުއްވާފައި ވެ އެވެ.
އިސްލާހު ކުރަން ޖެހެނީ ތަހުގީގު ކުރުމާއި ދައުވާ ކުރުން އަދި އެ ދެމެދުގައިވާ ހުރިހާ ކަމެއް ކަމަށް ވިދާޅުވުމަށް ފަހު ލިއުއްވުން ނިންމަވައިލައްވަމުން އައިޝާ ދީދީ ވިދާޅުވީ އަޑު އުފުލާ ފަރާތްތަކުގެ އޮތް ކަންބޮޑުވުން އޭނާ ވެސް ހިއްސާ ކުރަައްްވާ ކަމަށެވެ.
"ތިޔަ ބޭފުޅުންގެ ކަންބޮޑުވުން އަޅުގަނޑުވެސް ހިއްސާ ކުރަން. މިހިރީ ތިޔަބޭފުޅުންނާ އެކީ،" އޭނާ ވިދާޅުވި އެެވެ.
ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި ޖެންޑާ މިނިސްޓްރީ ކައިރީގައި މިފަހަރުގެ ފުރަތަމަ މުޒާހަރާ ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ) ނަަމަކަށް ކިޔާ އެންޖީއޯއަކުން އިންތިޒާމްކުރި އެ މުޒާހަރާގައި އެދުވަހު 150 އެއްހާ މީހުން ބައިވެރިވި އެވެ.
ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ އާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން މުޒާހަރާ ކުރި މީހުން ގޮވާލީ މިފަދަ ކުށްތައް ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދިނުމަށެވެ. އަދި ނުފޫޒު ބޭނުންކޮށްގެން، މިފަދަ ކަންކަމުން ސަލާމަތް ވިޔަ ނުދީ އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.
މިނިސްޓަރު އަޒުމެއްގައި: އިންސާފުގެ ދޮރު ހުޅުވޭނެ
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ