Roadha Mihaaru
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ

ބޮޑުފިނޮޅު: ގިނަ ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރާނަން: ވަކީލުން

04 ޖުލައި 2020

ބ. އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގިއިރު އޭގެ ތެރެއިން ގިނަ ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބ. އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގިއިރު އޭގެ ތެރެއިން ގިނަ ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިއަދު ބުނެފި އެވެ.

މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލުންގެ އިތުރުން އިމިގްރޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ބޭފުޅުން މިއަދު ވަނީ ބޮޑުފިނޮޅަށް ގޮސްފަ އެވެ. އެ މީހުން އަންނަނީ ބިދޭސީންނާ ވާހަކަ ދައްކައި މައުލޫމާތު ހޯދަމުންނެވެ.

RIX ah ah vanee ithurah ves faisaa dheefai: Seal Maldives

RIX ah ah vanee ithurah ves faisaa dheefai: Seal Maldives

The most trusted news source in the Maldives

Mihaaru

ރިޒާގެ ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށް ސީލް މޯލްޑިވްސްއިން ބުނުން

މި ވަގުތު އެ ރަށުގައި ހުންނެވި ޕީއައިއެލްސީގެ ބޯޑު މެމްބަރު، އަދި ގާނޫނީ ވަކީލް، އަބްދުﷲ ނާހިދު، "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި މި ވަގުތު ވެސް 170 ބިދޭސީން ތިބިއިރު އޭގެ ތެރެއިން ގިނަ މީހުންނަށް ހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށެވެ. ބައެއް މީހުންނަށް މުސާރަ ނުދޭތާ އެ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މީހުންނާ ވާހަކަ ދައްކައި ޕަވާ އޮފް އެޓާނީ ނެގުމުގެ މަސައްކަތް މި ކުރަނީ. ފުރަތަމަ މަސައްކަތް ކުރާނީ ކުންފުނިތަކާ ވާހަކަ ދައްކައިގެން މުސާރައިގެ ކަންކަން ހަމަޖެހޭތޯ. އެގޮތަށް ހަމަނުޖެހިއްޖެއްޔާ ޓްރެބިއުނަލަށް ވެސް ހުށަހަޅާނަން،" ނާހިދު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ގާނޫނީ ވަކީލުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން މަސައްކަތް ކުރައްވަނީ: އެ ރަށުގައި 170 ބިދޭސީން ތިބިއިރު ގިނަ މީހުންނަށް މުސާރަ ނުދޭތާ ހަ މަސް ވެއްޖެ--

ބޮޑުފިނޮޅުގައި ގާނޫނީ ވަކީލުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން މަސައްކަތް ކުރައްވަނީ: އެ ރަށުގައި 170 ބިދޭސީން ތިބިއިރު ގިނަ މީހުންނަށް މުސާރަ ނުދޭތާ ހަ މަސް ވެއްޖެ--

އެނގިފައިވާ ގޮތުގައި އެ ބިދޭސީންގެ މަހު މުސާރަ އުޅެނީ 4،000ރ. އާއި 6،000ރ. އާ ދެމެދު އެވެ.

އެ ބިދޭސީންނަކީ ގަވައިދާ އެއްގޮތަށް ގެންގުޅޭ ބައެއްތޯ ސުވާލު ކުރުމުން ނާހިދު ވިދާޅުވީ އެކަން އަދި ރަނގަޅަށް ސާފުނުވާ ކަމަށެވެ. ނަމަވެސް ބައެއް ބިދޭސީންގެ އަތުގައި ޕާސްޕޯޓް ފަދަ ޑޮކިއުމެންޓް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ ރިސޯޓުގައި 190 ބިދޭސީން މަސައްކަތްކުރެ އެވެ. އެ މީހުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވުމުން ބުރާސްފަތި ދުވަހު ހަޅުތާލު ފަށައި، ބޮޑު ހަމަނުޖެހުމަކަށް ވަނީ ގޮސްފަ އެވެ. އެކަން ހައްލު ކުރަން ފުލުހުން ފުރަތަމަ އެ ރަށަށް އަރަން ދިއުމުން ވެސް އެރިޔަ ނުދީ ހަމަނުޖެހުން ހިންގި އެވެ.

އެކަމަކު، މާލެ އިން ދިޔަ ފުލުހުންގެ ޚާއްސަ ޓީމުން އިއްޔެ ރޭ ފަތިހު އެ ރަށަށް އަރައި ވަނީ، ބިދޭސީން ހިފެހެއްޓި 12 ދިވެހިން ސަލާމަތް ކޮށްފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް މިއަދު އިތުރު ކޮށްފަ އެވެ.

Bodufinolhun hayyaru kuri bidheyseenge bandhah 15 dhuvas

Bodufinolhun hayyaru kuri bidheyseenge bandhah 15 dhuvas

The most trusted news source in the Maldives

Mihaaru

ބިދޭސީންގެ ބަންދަށް 15 ދުވަސް އިތުރު ކުރުން

ރިޒާ، ވިދާޅުވި ގޮތުގައި، ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ އެރަށް ހެދުމަށް އޭނާގެ ކުންފުންޏާ ހަވާލުކުރި ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ. ރިޒާ ވިދާޅުވި ގޮތުގައި، އޭނާގެ މުވައްޒަފުންގެ މުސާރަ ނުދެވި ވަނީ ގާތްގަނޑަކަށް ހަތަރު މަހަށެވެ.

އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ބުނީ ރިޒާގެ ކުންފުންޏާ އެކު ހަދައިފައިވާ އެއްބަސްވުމުގައި އޮތް އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ. ސީލް މޯލްޑިވްސްގެ ވަކީލުން ބުނީ އެއްބަސްވުންތަކުން ރިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި އޮތީ ބޮޑުފިނޮޅުގެ މައްސަކަތުގެ ކުޑަ މިންވަރެއް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވުމުން ދައްކަން ޖެހެނީ 12 މިލިޔަން ރުފިޔާ ކަމަށެވެ. އެކަމަކު މިހާތަނަށް ރިޒް ކުންފުންޏަށް 21 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ބުންޏެވެ.

ހަވާލާދީފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހޭ އަދަދެއް ކަމަށް ވަކީލުންގެ ބަޔާނުގައި ބުނީ 12،332،765.ރ. އެވެ. އަދި ސީލްގެ ފަރާތުން ކޮންޓްރެކްޓަރަށް މިހާތަނަށް 21،773،338.21ރ. ދައްކާފައިވާ ކަމަށް ބުންޏެވެ. އެނގިފައިވާ ގޮތުގައި ފައިސާ އިތުރުވެފައި ވަނީ އިތުރު ބައެއް މަސައްކަތްތައް ވެސް ކޮށްފައިވާތީ އެވެ.

މަސައްކަތް ކުރުވާފައި މުސާރަ ނުދޭ މައްސަލައިގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ތިން ބުރެއްގެ މަތިން އެކި ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން މީގެ ކުރިން ހަޅުތާލު ކޮށްފައިވެ އެވެ.