Roadha Mihaaru
ކޮވިޑް-19: ފިޔަވަތިން 21 ކުއްޖަކު ކަރަންޓީނަށް

ފިޔަވަތީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހި 21 ކުއްޖަކާއި 11 މީހަކު ކަރަންޓީނަށް

05 ޖުލައި 2020

ހުޅުމާލޭގައި ހުންނަ ކުޑަކުދިންް ބަލަހައްޓާ މަރުކަޒު، ފިޔަވަތީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އެ ކޭސްއާ ގުޅިގެން ފިޔަވަތީގެ ގިނަ އަދަދެއްގެ ކުދިންނާއި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގައި ހުންނަ ކުޑަކުދިންް ބަލަހައްޓާ މަރުކަޒު، ފިޔަވަތީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އެ ކޭސްއާ ގުޅިގެން ފިޔަވަތީގެ ގިނަ އަދަދެއްގެ ކުދިންނާއި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަަކަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށް ވެގެން ޓެސްޓްކުރުމުން ކަމަށެވެ. ފިޔަވަތީގެ މުވައްޒަފު ކޮންޓެކްޓަކަށްވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އޭނާގެ އާއިލާގެ މީހަކަށް ބަލި ޖެހުމުންނެވެ.

"ދެން ހަމަ އައިޖީއެމްއެޗްގެ ކޭސްއާ ގުޅުން ހުރި ކޭސްއެއްގެ ގޮތުަގައި ފިޔަވަތިން، ކުޑަކުދިންގެ ހިޔާއިން ވެސް އެތަނުގެ ކުދިން ބަލަހައްޓާ ފަރާތެއް ވަނީ ޕޮޒިޓިވް ވެފައި...މިއީ އައިޖީއެމްއެޗްގައި އޮތް ބަލިމީހެއްގެ އާއިލާގެ މީހެއް،" ނަޒްލާ ވިދާޅުވި އެވެ.

ފިޔަވަތީގެ މުވައްޒަފަށް ކޮވިޑްޖެހުމުން އެތަނުގެ 11 މުވައްޒަފަކާއި 21 ކުދިން ކަރަންޓީނުކޮށްފައިވާ ކަަމަށާއި އެ މީހުންނާއިި ކުދިން ކަރަންޓީނުކޮށްފައި ވަނީ ފިޔަވަަތީގައި، އެކަމަށް ހާއްސަކޮށްފައިވާ ވަކި ކޮޓަރިތަކެެއްގަ އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ފިޔަވަތީގައި ކަރަންޓީނުކުރީ ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނެވެ.

އައިޖީއެމްްއެޗްގައި ކޮވިޑް-19 ފެތުރެން ފެށި ކޭސްގައި މިއަދުވެސް އެ ހޮސްޕިޓަލްގެ އިތުރު ދެ މުވައްޒަފަކު ވަނީ އެބަައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެ ހޮސްޕިޓަލުން ދޫކޮށްލި ދެ މީހަކު ވެސް މިއަދު ޕޮޒިޓިވްވި އެވެ.

އައިޖީއެމްއެޗްގައި ކޮވިޑް ފެތުރެން ފެށީ އެބަލިން ރައްކާތެރިވުމަށް އެތަނުގައި ފުރަމަ ގެންގުޅުނު އުސޫލުތައް ބަދަލުކޮށް، ފިޔަވަޅުތައް ލުއިކޮށްލުމުންކަން ވަނީ އެނގިފަ އެވެ.