ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން 50 ޕަސެންޓް ކުޑަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމުމަކީ ދުންފަތާ އެއްކޮޅަށް ހިންގާ ގައުމީ ޕްރޮމޯޝަނެއްގެ ގޮތުގައި ސިފަކުރައްވައި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
08 ޖުލައި 2020
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން 50 ޕަސެންޓް ކުޑަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމުމަކީ ދުންފަތާ އެއްކޮޅަށް ހިންގާ ގައުމީ ޕްރޮމޯޝަނެއްގެ ގޮތުގައި ސިފަކުރައްވައި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކުރީ ހިތަދު އާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ގެންނަ އެއްޗެހީގެ ތެރެއިން، ދުންފަތް ވެސް ހިމެނޭ ގޮތުން ވަކި ބާވަތްތަކަކުން 50 ޕަސެންޓް ޑިއުޓީ މާފްކުރާށެވެ. އޭގެ ތެރޭގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ-ސިނގިރޭޓް ފަދަ ބާވަތްތައް ހިމެނެ އެވެ.
ދެ ޕޯޓަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރާއިރު މި ބާވަތްތަކުން މިހާރު 200 ޕަސެންޓް ޑިއުޓީ ނަގަ އެވެ.
ކޮމިޓީގެ ނިންމުމާ މެދު ހިތްހަޖެހިވަޑައިނުގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނގިރެޓް ބުއިމާއި އިޝްތިހާރު ކުރުމާއި ފޮށީގެ ބޭރުގައި ފޮޓޯ ޖެހުން ފަދަ ކަންކަން މަނާކުރުމުން ދާ އިރު މި ސަރުކާރުން ދުންފަތުގެ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. އެ ސަބަބު އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޓެގު ކުރައްވައި، ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
1.Cigarette buimaai ishthihaaru kurumaai,fosheege beyruga photo jehunfadha kankan manaakuramun dhuniye dhaairu R @ibusolih sarukaarun dhunfathuge gaumee promotion eh feshi sababu olhun filuvaidhevvun muhimmu
— Mohamed Saeed (@em_saeed) July 8, 2020
ސައީދު ވިދާޅުވި ގޮތުގައި ދުންފަތުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލާއިރު ދުންފަތް އެތެރެކުރާ ފަރާތްތަކުން ވެސް އެކަމާ ދެކޮޅެވެ. އާއްމު ސިއްހަތު އިތުރަށް ގޯސްވާނެ ކަމަށް ސިއްހީ މާހިރުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި މިއީ ދައުލަތަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދުންފަތުގެ ޑިއުޓީ 50 ޕަސެންޓަށް ކަނޑާލުމުން ދައުލަތުގެ އާމްދަނީ އަށް 9-10 ބިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމެއް ކަމަށެވެ.
2. Cigarette ge duty 50% kandaalaairu;
— Mohamed Saeed (@em_saeed) July 8, 2020
A. Ethere kuraa faraaiythah ves ekamaai dhekolhu
B. Dhaulathuge aamdhanee 9-10billion gellun
C. Aammu sihhathu ithurah goas vaane kamah sihhee mahirun eba buney @ameenex
ދުންފަތުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން މަޖިލީހުގެ މުޅި ކޮމިޓީން ނިންމި އިރު މިހާރު ވެސް ސަރަހައްދީ ބަނދަރުތަކުން ބާލާ މުދަލުން ދޭ 30 ޕަސެންޓުގެ ލުއި ދުންފަތާއި އެނާޖީ ޑްރިންކްސް ފަދަ ބައެއް ބާވަތްތަކަށް ނުލިބެ އެވެ. އެގޮތަށް ހަމަޖައްސާފައި އޮންނަނީ ގާނޫނުން ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އެހެންކަމުން އެއީ ގާނޫނުގައި ނުހިމަނައި ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދީފައި އޮންނަ ލުޔެކެވެ.
މިހާރު ހުށަހަޅާފައި އޮތީ 50 ޕަސެންޓް ލުއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދޭ ގޮތަށް ބަދަލުކުރާށެވެ.
ރާއްޖޭގައި ވެސް ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ނުފޫޒު ގަދައިރު، ދުންފަތުގެ ގެއްލުންތައް ހުއްޓުވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގަ އެވެ. ރާއްޖެ އަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ދެ ސަރުކާރު ކޯޅޭތީ ވެއްޓޭނީ ގައުމެއްގެ ޖީބަށް: ސައީދު
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ: ސައީދު
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ސަރުކާރަށް އެޖެންޑާ 19 އެއް ނޭނގޭ: ޝިޔާމް
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!