Roadha Mihaaru
މަޝްހޫރު "މިނިސޯ"ގެ ފިހާރައެއް ރާއްޖޭގައި ހުޅުވައިފި

މަޝްހޫރު "މިނިސޯ"ގެ ފިހާރައެއް ރާއްޖޭގައި ހުޅުވައިފި

12 ޖުލައި 2020

މަޝްހޫރު ރީޓައިލް އައުޓްލެޓް، "މިނިސޯ"ގެ ފިހާރައެއް ރާއްޖޭގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަޝްހޫރު ރީޓައިލް އައުޓްލެޓް، "މިނިސޯ"ގެ ފިހާރައެއް ރާއްޖޭގައި ހުޅުވައިފި އެވެ.

އަމީނީމަގު ކަލާފާނު ސްކޫލު ކުރިމައްޗަށް ވާ ގޮތަށް ހުންނަ އިމާރާތުގައި ހުޅުވި މި ފިހިރާއިން އިލެކްޓްރޯނިކް ވަރަށް ގިނަ ބާވަތްތަކާއި ރީތިވާ ސާމާނާއި ކުޑަކުދިން ކުޅޭ ސާމާނާއި ބަދިގޭ ސާމާނާއި ސްޓޭޝަނަރީ އާއި މޭކަޕް ސާމާނާއި ސްކިން ކެއާ ޕްރޮޑަކްޓްތައް ލިބޭނެ އެވެ.

އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މަޝްހޫރު މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އަށް ގެނައީ މަޝްހޫރު ވިޔަފާރި ކުންފުނި ސޮނީ ސްޕޯޓްސް އިންނެވެ. ސޮނީ ސްޕޯޓްސް އިން މީގެ ކުރިން ވެސް ވަނީ މަޝްހޫރު ތަފާތު ބްރޭންޑްތައް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. ލިވައިސް އާއި މެންގޯ ފަދަ ބްރޭންޑްތައް އޭގެ ތެރޭގައި ހިމެނެ އެވެ.

މިނިސޯގެ ފިހާރަތައް 90 ގައުމެއްގައި ހުރެ އެވެ. އެ ކުންފުނީގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަންވާ އިރަށް 100 ގައުމެއްގައި 10،000 އައުޓްލެޓް ހުޅުވުމާ އެކު ކުންފުނީގެ އާމްދަނީ 100 ބިލިއަން ޑޮލަރަށް އެރުވުމެވެ.

މާލޭގައި ހުޅުވި މިނިސޯ ފިހާރައިން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފިހާރަ ހިންގާ ސޮނީ އިން ބުންޏެވެ.

މިނިސޯގެ ފިހާރަތައް ޔޫރަފްގެ ގައުމުތަކުގައި މިދިޔަ އަހަރުން ފެށިގެން އަންނަނީ ހުޅުވަމުންނެވެ. އެގޮތުން ސްޕެއިނާއި ޖަޕާނާއި އަޔަލެންޑްގައި ވެސް ވަނީ ފިހާރަ ހުޅުވައިފަ އެވެ. މިނިސޯގެ ފިހާރަތައް 2011 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހުޅުވުމަށް ފަހު އެ ކުންފުނި އަންނަނީ ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ.