Roadha Mihaaru
މިނިސޯގެ ޕޮޕްއަޕް ފިހާރައެއް މަޖީދީ މަގުގައިި ހުޅުވައިފި

މިނިސޯގެ "ޕޮޕްއަޕް" ފިހާރައެއް މަޖީދީ މަގުގައިި ހުޅުވައިފި

21 އޮކްޓޯބަރ 2020

މިނިސޯގެ "ޕޮޕްއަޕް" ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިނިސޯގެ "ޕޮޕްއަޕް" ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި އެވެ.

ނަލަހިޔާ ރެޒިޑެންސް ކައިރީގައި ހުޅުވި މި ފިހާރަ އިން ލިބެން ހުންނާނީ "ބިއުޓީ" އާއި "ހެލްތު ކެއާ" ގެ އުފެއްދުންތަކެވެ.

މިނިސޯ އިން ބުނީ، ލޯޝަނާއި ސެންޓުގެ ބާވަތްތަކުގެ އިތުރުން ޝަވާ ޖެލް އާއި މޭކަޕް ކުރުމަށް ބޭނުންވާ ސާމާނާއި ގިނަ އަދަދެއްގެ ކޮސްމެޓިކްސް އެ ފިހާރަ އިން ލިބެން ހުންނާނެ ކަމަށެވެ. މި ފިހާރަ ހުޅުވާފައި ހުންނާނީ މި މަހުގެ ނިޔަލަށެވެ.

މިނިސޯއަކީ ފެންވަރު ރަނގަޅު އިލެކްޓްރޯނިކް ސާމާނާއި ރީތި ވާ ސާމާނާއި ކުޑަކުދިން ކުޅޭ ސާމާނާއި ބަދިގޭގެ ސާމާނާއި ސްޓޭޝަނަރީ އާއި މޭކަޕް ސާމާނާއި ސްކިން ކެއާ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ، އޭޝިއާ ސަރަހައްދުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އަށް ގެނައީ މަޝްހޫރު ވިޔަފާރި ކުންފުނި ސޮނީ ސްޕޯޓްސް އިންނެވެ. އެ ކުންފުނިން ވަނީ މިހާތަނަށް މާލެ އާއި ހުޅުމާލޭގައި މިނިސޯގެ ދެ ފިހާރައެއް ހުޅުވައިފަ އެވެ.

މިނިސޯގެ ފިހާރަތައް 90 ގައުމެއްގައި ހުރެ އެވެ. އެ ކުންފުނީގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަންވާ އިރަށް 100 ގައުމެއްގައި 10،000 އައުޓްލެޓް ހުޅުވުމާ އެކު ކުންފުނީގެ އާމްދަނީ 100 ބިލިއަން ޑޮލަރަށް އެރުވުމެވެ.

މިނިސޯގެ ފިހާރަތައް ޔޫރަފްގެ ގައުމުތަކުގައި މިދިޔަ އަހަރުން ފެށިގެން އަންނަނީ ހުޅުވަމުންނެވެ. އެގޮތުން ސްޕެއިނާއި ޖަޕާނާއި އަޔަލެންޑްގައި ވެސް ވަނީ ފިހާރަ ހުޅުވައިފަ އެވެ. މިނިސޯގެ ފިހާރަތައް 2011 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހުޅުވުމަށް ފަހު އެ ކުންފުނި އަންނަނީ ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ.