Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

14 ޖުލައި 2020

ރާއްޖޭގައި މަސައްކަތް ކުރާ ބައެެއް ބިދޭސީން ފަހަކަށް އައިސް ބާއްވާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބައެެއް ބިދޭސީން ފަހަކަށް އައިސް ބާއްވާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ގައުމީ ސަލާމަތާ ގުޅޭ އެންމެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއިރު، ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ކޮންޓްރެކްޓަރު ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުން އެ ތަނުގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދިން މައްސަލަ ހޫނުވެ، އެ މީހުން އިއްޔެ ވަނީ މުޒާހަރާ އަށް ނުކުމެ، ފުލުހުންނާއި އާންމުންގެ ތަކެއްޗަށް ގެއްލުންދީފަ އެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހުސްއަތާ ފުރަތަމަ ދިޔަ 10 ވަރަކަށް ފުލުހުންނަށް ގަލުން ހަމަލާދީ، ފުލުހުންގެ ވެހިކަލަކާއި އާންމުންގެ ތަކެއްޗަށް ވެސް ބިދޭސީން ވަނީ ގެއްލުން ދީފަ އެވެ. މުޒާހަރާގައި 300 އަށް ވުރެ ގިނަ މީހުން ތިބިއިރު، ފުރަތަމަ ސީން އަށް ދިޔަ ފުލުހުންނަށް އަނިޔާވުމުން، ފަހުން ނުކުތީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ޓީމެވެ. އެ ޓީމުން ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށް، 41 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

ހުޅުމާލޭގައި އިއްޔެ ހަމަނުޖެހުން ހިންގި ބިދޭސީން އަތުގައި ފުލުހަކު ބިޑި އަޅުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހުޅުމާލޭގައި އިއްޔެ ހަމަނުޖެހުން ހިންގި ބިދޭސީން އަތުގައި ފުލުހަކު ބިޑި އަޅުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހަމަނުޖެހުންތަކާ ގުޅިގެން، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާ ރައީސް ބޭއްވެވި ބައްދަލުވުމުގެ ބައިވެރިން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ރާއްޖޭގެ ދާޚިލީ އަމްނާއި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސަށް ލަފާއަރުވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

އައިލެންޑު އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ހުޅުމާލޭގައި އިއްޔެ ފުލުހުންނާ ކުރިމަތިލައި، ބޮޑު ހަމަނުޖެހުމެއް ހިންގާފައިވާއިރު، އެހެން ބައެއް ކުންފުނިތަކުގެ ބިދޭސީންނަށް މުސާރަ ނުދީގެން މިދިޔަ ތިން ހަފުތާގެ ތެރޭގައި ވަނީ އެއްވުންތައް ބާއްވައި، ފުލުހުންނާ ވެސް ކުރިމަތިލައިފަ އެވެ.