Roadha Mihaaru

ހަމަނުޖެހުން ހިންގި މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން، މިއަދު ހިންގި ހަމަނުޖެހުންތަކައި ބައިވެރިވި މީހުންނާ މެދު ގާނޫނުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ހަމަނުޖެހުން ހިންގި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

13 ޖުލައި 2020

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން، މިއަދު ހިންގި ހަމަނުޖެހުންތަކައި ބައިވެރިވި މީހުންނާ މެދު ގާނޫނުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާތީ ކަމަށް ބުނެ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ވަނީ ހުޅުމާލޭގައި ބޮޑު ހަމަނުޖެހުމެއް މިއަދު ހިންގައި ފުލުހުންނާއި އާންމުންގެ ތަކެއްޗަށް ގެއްލުންދީފަ އެވެ. މީގެ ކުރިން ދެ ފަހަރަކު އެ މީހުން މުޒާހަރާ ކުރި ނަމަވެސް މިގޮތަށް ހަމަނުޖެހުން ހިންގައި ފުލުހުންނަށާއި އާންމުންގެ ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.

މިކަމާ ގުޅިހެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ ހަމަނުޖެހުމުގައި، ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަަށެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުރަތަމަ ދިޔަ ފުލުހުންގެ ޓީމާ ދިމާ އަށް ގިނަ އަދަދަކަށް ބިދޭސީން ވަނީ ގާ އުކައިފަ އެވެ. ދިފާއު ވުމަށް އެއްވެސް ހަތިޔާރެއް ނެތި، ހުސްއަތާ ދިޔަ 10 ވަރަކަށް ފުލުހުންނަށް ބިދޭސީން ގަލުން ދިން ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެ، ވެހިކަލެއްގެ ބިއްލޫރި ތަޅައިލި އެވެ.

ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުން ދިނުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަހުން ފުލުހުންގެ އެސްއޯ ޓީމުން ގޮސް ހަމަނުޖެހުން މައިތިރިކޮށް، 41 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ، މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ކުރެވެން ހުރި ހުރިހާ މަސައްކަތަކެއް ވެސް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުން ދިނުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލު ކުރުމުގައި، އެ ކަންކަން ހައްލު ކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެ އެވެ.

ބިދޭސީންނަށް މުސާރާ ނުދީގެ މިފަދަ އިހުތިޖާޖްތައް ފަހަކަށް އައިސް ދަނީ ގިނަ ވަމުންނެވެ. އެގޮތުން، ބ. ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރާ ބިދޭސީން ވެސް ވަނީ އެތަނުގައި ދިވެހިން ރަހީނުކޮށް ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ. އެއީ ވެސް މުސާރަ ނުލިބުމާ ގުޅުން ހުރި މައްސަލައެކެވެ.

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން އައިލެންޑް އެކްސްޕާޓުން ބުނީ، އެއީ މުސާރަ ނުދީގެން ހިންގި ހަމަނުޖެހުމެއް ނޫން ކަމަށެވެ. މުސާރައިގެ މައްސަލަ މަޝްވަރާކޮށް ހައްލުކޮށްފައިވާ ކަމަށާއި، އެއީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް އެ ކުންފުނިން ތުހުމަތު ކުރެ އެވެ.