މި އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ލިސްޓު މުރާޖައާ ނުކުރެވުނީ، ކޮވިޑް-19އާ ހެދި މާލެ ލޮކްޑައުންކުރުމުން ދިމާވި ދަތިތަކާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
14 ޖުލައި 2020
މި އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ލިސްޓު މުރާޖައާ ނުކުރެވުނީ، ކޮވިޑް-19އާ ހެދި މާލެ ލޮކްޑައުންކުރުމުން ދިމާވި ދަތިތަކާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މި އަހަރު ހުޅުވާ ނުލައި ޒަކާތް ބަހާފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ލިސްޓް މުރާޖައާ ނުކުރެވުނު ސަބަބު އޮޅުން ފިލުވައިދީފަ އެވެ. މިނިސްޓްރީން ބުނީ ޒަކާތް ބެހުމުގެ ކުރިން، ފަގީރުންގެ ލިސްޓް މުރާޖައާކުރަން މަސައްކަތްކުރި ކަމަށާއި އެކަމަކު ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެކަން ނުކުރެވުނީ ކަމަށެވެ. އެއީ ހާއްސަ އިމްތިޔާޒުތަކެއް ހަމަޖެހިގެން، ދައުލަތުގެ އެކި މުއައްސަސާތައް އެކުގައި ކުރަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ. އަދި ދަފުތަރުގައި ޖެހުމަށް އެކި މުއައްސަސާތަކުން ގިނަ ލިޔުންތަކެއް ހުށަހަޅަން ޖެހޭއިރު އޮންލައިންކޮށް އެކަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ، މިނިސްޓްރީން ނިންމީ، ލިސްޓް އެކުލަވާލުމުގައި ހަމަހަމަކަން ގެއްލިދާނެތީ ކުރީގެ ލިސްޓަށް ޒަކާތް ބަހާށެވެ.
ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް މި އަހަރު ކުރީކޮޅު ވަނީ އިތުރު ފުރުސަތެއް ހުޅުވާލައިފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ ފިތުރު ޒަކާތް ބެހީ، އެ ލިސްޓަށް ރިއާޔަތްކޮށެވެ. އަދި އެއީ 2017 ވަނަ އަހަރުގެ ލިސްޓެއް ނޫންކަން ވެސް މަޖިލީހަށް އަންގާފައިވާނެ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ މުދަލު ޒަކާތް ބެހުމުގެ ކުރިން، ފަގީރުންގެ ދަފުތަރު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އެކަން ކުރަމުން އަންނަނީ ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ ލަފައާ އެއްގޮތަށް ކަމަށް ބުންޏެވެ.
"ލޮކްޑައުންގެ ހާލަތުގައި، މި ފަދަ ނާޒުކު ކަމެއްގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އަވަސް އަރުވާލައިގެން ހަމަހަމަކަން ގެއްލޭ ގޮތަށް ލިސްޓަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އަދި ކަށަވަރުވެފައިވާ 1441 ވަނަ އަހަރުގެ ލިސްޓަށް ޒަކާތް ބެހުމަކީ އެންމެ ރަނގަޅު ގޮތެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ވަނީ މިފަދަ މައްސަލަތަކުގައި، އާއްމު މަސްލަހަތު ގެއްލި، މުޖުތަމައުގައި ފަސާދަ އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.
ޒަކާތާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި
ޒަކާތާ ގުޅޭ ބިލް މަޖިލީހުން ފާސްކޮށްފި
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
މުނީޒާގެ ޖަވާބު: ޒަކާތް ފުޅާކުރަން ހޭލުންތެރިކަން ނެތީ
ޒަކާތު ފަންޑުން އެހީވުން ފުޅާކުރާނެ ގޮތް ކެބިނެޓަށް
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ
ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ
ހާއްސަ އެހީ ބޭނުންވާ މީހުންނަށް އެމްޕަވަމަންޓް ހަބެއް
މުދަލު ޒަކާތުގެ ގޮތުގައި ފަގީރަކަށް 5،000 ރުފިޔާ
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ