16 ޖުލައި 2020
ދަރިމައިވުމުގެ ރޭޓް ދަށްވެ މި ގަރުނު ނިމޭ އިރު ދުނިޔޭގެ އާބާދީގެ ނިސްބަތަށް ބޮޑު ވެއްޓުމެއް ކުރިމަތިވާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދަރިމައިވުމުގެ ރޭޓް ދަށްވެ މި ގަރުނު ނިމޭ އިރު ދުނިޔޭގެ އާބާދީގެ ނިސްބަތަށް ބޮޑު ވެއްޓުމެއް ކުރިމަތިވާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ލާސިޓް ޖާނާލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ވެސް ބައެއް ގައުމުތަކުގައި ވަނީ ދަރިމައިވުމުގެ ކަންބޮޑުވާންޖެހޭ މިންވަރަށް ރޭޓް ދަށަށް ގޮސްފަ އެވެ. އެގޮތުން 2100 ވަނަ އަހަރާ ހަމައަށް އަންނަ އިރު އެފަދަ ގައުމުތަކުގެ އާބާދީ މިހާރުގެ އާބާދީ އަށް ވުރެ ދެ ގުނަ ދަށްވާނެ ކަމަށް ބުންޏެވެ. އެގޮތުން މި މައްސަލަ 183 ގައުމުގެ ތެރެއިން 159 ގައުމަކަށް ކުރިމަތިވާނެ އެވެ. އޭގެ ތެރެއިން ވެސް 23 ގައުމެއްގެ އާބާދީ އަށް ބޮޑު ވެއްޓުމެއް އަންނާނެ އެވެ. އޭގެ ތެރޭގައި ސްޕެއިނާއި ޖަޕާން ފަދަ ގައުމުތައް ހިމެނެ އެވެ.
މި ގައުމުތަކަކީ މިހާރު ވެސް ދަރިމައިވުމުގެ ރޭޓް ދަށް، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑު ގައުމުތަކެވެ.
ދިރާސާގައި ބުނީ ދަރިމައިވުމުގެ ރޭޓް ދަށްވެ، ގިނަ މީހުން އެންމެ ގިނަވެގެން ވެސް ހޯދާނީ އެކެއް ނުވަތަ ދެ ދަރިން ކަމަށެވެ. މީގެ 70 އަހަރު ކުރިއަށް ޖެހިލައި 1950 އާ ހަމައަށް ބަލާއިރު އާއިލާތަކުން ދަތިންން ހޯދާ ނިސްބަތް އެވްރެޖްކޮށް 4.7 އަށް އަރަ އެވެ. އޭގެ މާނަ އަކީ އެ ދުވަސްވަރު އާއިލާތަކުން ގިނަ ދަރިން ހޯދަން އިސްކަން ދިނުމެވެ.
އެމެރިކާގެ ވޮޝިންޓަންގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އިވެލުއޭޝަނުން ބުނި ގޮތުގައި ދުނިޔޭގައި ދަރިމައިވުމުގެ ނިސްބަތަށް 2017 ގައި 2.4ގެ ވެއްޓުމެއް އައިސްފައިވެ އެވެ. އަދި 2100 އާ ހަމައަށް ދާ އިރު އެ ނިސްބަތް 1.7 އަށް ވުރެ ދަށަށް ދާނެ ކަމަށް ބުންޏެވެ.
World #population likely to shrink after mid-century, forecasting major shifts in global population & economic power: new #GBDStudy forecasts world population will peak at 9.7 billion in 2064 & decline to 8.8 billion by 2100 @IHME_UWhttps://t.co/ACHRIhA74g pic.twitter.com/zkqbt3XPbo
— The Lancet (@TheLancet) July 14, 2020
އެހެން ނަމަ، 2064 ހަމަ އަށް އަންނަ އިރު ދުނިޔޭގެ އާބާދީ އަކީ ގާތްގަނޑަކަށް 9.7 ބިލިއަން މީހުންނެވެ. އަދި ގަރުނު ނިމޭ އިރު އެ އަދަދު 8.8 އަށް ދަށްވާނެ އެވެ.
ދިރާސާގައި ފާހަގަކުރެނު މުހިއްމު އިތުރު ކަންކަމުގެ ތެރޭގައި 2017 ހަމަ އަށް އައި އިރު އުމުރުން ފަސް އަހަރުގެ ކުދިންގެ އަދަދު 681 މިލިއަނުގައި ހުރި ނަމަވެސް 2100 އާ ހަމައަށް އަންނަ އިރު، އެ އަދަދު 401 އަށް ވެއްޓޭނެ އެވެ. އަދި 2017 އާ ހަމައަށް އައި އިރު އުމުރުން 80 އަހަރުން މަތީގެ މީހުންގެ އާބާދީ 141 މިލިއަނުގައި ހުރި ނަމަވެސް 2100 އާ ހަމައަށް އަންނަ އިރު އެ އަދަދު 866 އަށް އިތުރުވާނެ އެވެ.
ދަރިން އުފަންވާ ރޭޓް ދަށްވާނެ ސަބަބަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވުމެއް ނޫނެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ މީހުންގެ ޖިންސީ ބަލިކަށިކަމާއި މިކަމާ ގުޅުމެއް ނެތް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ބަދަލުގައި ދަރިން ހޯދާ މިންވަރު ދަށްވުމާއި ދަރިން ހޯދުން ލަސްކުރަން އަންހެނުން މިހާރު ބޭނުންވާ މައިގަނޑު ސަބަބުތަކެއް އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ކުރިއަށް ވުރެ ބޮޑަށް މިހާރު އަންހެނުންނަށް ތައުލީމުގެ ފުރުސަތުތައް ލިބި ކަންކަމަށް ލޯ ހުޅުވި ހޭލުންތެރިކަން އުފެދުމާއި އާއިލާއެއް ރޭވުމަށް ވުރެ، ކެރިއަރެއް ބިނާކުރަން އަންހެނުން އިސްކަން ދިނުން ހިމެނެ އެވެ.
ހަމަމިއާ އެކު ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވެސް އަންހެނުން މިހާރު މަދުން ދަރިން މަދުން ހޯދަން ބޭނުންވާ ސަބަބެކެވެ.
ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސަރު ކްރިސްޓޮފާ މުރޭ ވިދާޅުވި ގޮތުގައި ބަލިވެ އިނދެ ދަރިން ހޯދާ މީހުން ވެސް މަދުވަމުން ދިއުމަކީ އާބާދީ ދަށްވާން މަގުފަހިވާ ކަމެކެވެ. ބައެއް އާއިލާތަކުން ދަރިން ހޯދާ އިހުތިޔާރު އިތުރު ގޮތްތަކެއް މިހާރު އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެޑަޕްޝަނާއި އައިވީއެފާއި ސޮރޮގެސީ ހެދުން ގަދަ ކަންކަން ހިމެނެ އެވެ.
ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ އާބާދީ ދަށްވަމުން ދިއުމަކީ ދުނިޔެ އަށް މައްސަލައަކަށް ވެދާނެ އެވެ. މިސާލަކަށް، ތިމާވެށީގެ ނަޒަރަކުން ބަލާ އިރު، ފަހަރުގައި އެއީ ރަނގަޅު ގޮތެއް ކަމަށް ބެލިދާނެ އެވެ. ސަބަބަކީ އޭގެ ސަބަބުން ކުނިބުނި އުފެދޭ މިންވަރު މަދުވުމާއި ކާބަން އެމިޝަން މަދުވުމާއި އިންސާނުންގެ ބޭނުންތަކަށް ޖަންގަލި ފަދަ ތަންތަން ނައްތައިލުން މަދުވުމެވެ. އޭގެ މާނަ އަކީ އިންސާނުންގެ ފަރާތުން ދުނިޔެ އަށް ލިބޭ ގެއްލުންތައް ކުޑަވުމެވެ.
ގައުމުތަކުގެ އާބާދީ ދަށްވާ މައްސަލަ އަށް ހައްލު ހޯދަން ބައެއް ގައުމުތަކުން މަސައްކަތްކުރަމުން އަންނަ އިރު، އޭގެ ތެރެއިން އެއް ގޮތަކީ ހިޖުރަކުރާ މީހުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމެވެ. އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރުމުގައި ލުއި ގޮތްތަކެއް ހުރި ނަމަ އާބާދީ އިތުރުވާން މަގުފަހިވެ އެވެ. އޭގެ އެއް މިސާލަކީ އިނގިރޭސިވިލާތެވެ.
އެކަމަކު މިއީ ވެސް ވަރަށް ވިސްނުންތެރިކަމާ އެކު ކުރަން ޖެހޭ ކަމެކެވެ. އަދި އެކި ގައުމުތައް މިކަމުގައި ތަފާތު ވެސް ވާނެ އެވެ. އެހެންވެ ވާދަވެރި ކަމަކަށް ހަދައިގެން ހިޖުރަކުރުމުގެ ފުރުސަތު ދީ، ހައްދެއް ނެތް މިންވަރަށް ގައުމުތަކުގެ އިންފާރު ހުޅުވައިލުމަކީ ވެސް މައްސަލައަކަށް ވެދާނެ އެވެ.
ދަރިމައިވުމުގެ ނިސްބަތް އިތުރުކުރަން ބައެއް ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާ އަދާކުރާ ދެ ޖިންސްގެ މީހުންނަށް ދޭ ޗުއްޓީ އިތުރުކުރުމާއި ހިލޭ ޗައިލްޑްކެއާ އާއި މާލީގޮތުން އިތުރު އިންސެންޓިވްތައް ދިނުމާއި ވަޒީފާތައް އަދާކުރާ މީހުންނަށް ލިބިދޭ ހައްގުތައް އިތުރުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ދަރިމައިވުމުގެ ރޭޓް ދަށްވާ މައްސަލަ އާއި މިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ތަޖުރިބާކާރުންގެ މެދުގައި ހުރީ މަސްހުނި ހިޔާލުތަކެވެ. އެކަމަކު ގިނަ ބަޔަކު އިއްތިފާގުވާ ކަމަކީ ދަރިމައިވުމުގެ ރޭޓް ދަށްވެ، އާބާދީ ދަށްވުމަކީ އެތައް މައްސަލައެއް ވެސް ކުރިމަތިވާނެ ކަމެއް ކަމެވެ.
ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރު އިބްރާހީމް އަބޫބަކުރު ވިދާޅުވި ގޮތުގައި ދިރާސާ އިން ބުނާގޮތް ދިމާވާން އުޅޭ ނަމަ އެއީ ހުރިހާ ގައުމަކުން ވެސް ސީރިއަސްކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ.
"އޭގެ މާނަކީ ހިޖުރަކުރުން ފަދަ ކަންކަމަކީ ހަމައެކަނި އޮޕްޝަނަކަށް ނޫނޭ ވާނީ. އެއީ ހުރިހާ ގައުމަކަށް ލާޒިމު ކަމަކަށޭވާނީ." އޭނާ ވިދާޅުވި އެވެ.
އެއްމާބަނޑު ކުދިން އުފަންވުން އިތުރުވެއްޖެ
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
ކޮރެއާގައި އުފަންވާ ރޭޓް ދަށްވެ، މަރުވާ ރޭޓް މަތިވަނީ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
މާމަދަރި ލިބުނީ މާމަގެ ބަނޑުން
ޖަޕާނު މީހުންނަށް އައިވީއެފަށް ހަރަދުކޮށްދެނީ
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް
ޖައްވު ނުސާފުވުމުގެ ނުރައްކާ މާބަނޑު މީހުންނަށް
ބަނޑުގައި އޮންނަ ދަރިފުޅަށް އަންނާރު ޖޫސް މުހިންމު