ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމާ އެކު އަނެއްކާވެސް މާލެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމުގެ ނިޝަންތަކެއް ޓެގް ޓީމުން ދީފި އެވެ.
19 ޖުލައި 2020
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމާ އެކު އަނެއްކާވެސް މާލެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމުގެ ނިޝަންތަކެއް ޓެގް ޓީމުން ދީފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ މެމްބަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފްލޫގެ ނިޝާންތައް ހުރެގެން ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އެހެން ހަފްތާތަކާ އަޅާބަލާއިރު މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށެވެ. އެގޮތަށް ނަގާ ސާމްޕަލް ތެރެއިން އާންމުކޮށް ޕޮޒިޓިވްވަނީ ފަސް ޕަސެންޓް ކަމަށާއި، ނަމަވެސް މިދިޔަ ހަފްތާގައި ނުވަ ޕަސެންޓު މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދި ފާހަގަވި ފްލޫގެ ނިޝާންތަކާ އެކު ދައްކަންދާ މީހުންގެ އަދަދު ވެސް މިދިޔަ ހަފްތާ ތެރޭގައި ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަމަށް،،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް އަދި ފާހަގަވި ފްލޫގެ ނިޝާންތަކާ އެކު ދައްކަންދާ މީހުންގެ އަދަދު ވެސް މިދިޔަ ހަފްތާ ތެރޭގައި ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަމަށް -- ޑރ. ޝަހީދު
ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އަވަސްވަމުންދާ ކަން ވެސް ޑރ. ޝަހީދު ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ޑަބަލިން ޓައިމް (ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ދެގުނަ އަށް އެރުމަށް ހޭދަވާނެ ކަމަށް ލަފާކުރާ މުއްދަތު) ކުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
"ޑަބަލިން ޓައިމް ކުރުވާ ވަރަކަށް އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު އަވަސްވާ ކަން" ޑރ. ޝަހީދު ވިދާޅުވި އެވެ.
"މީގެ ތިން ހަފްތާ ކުރިއާ އަޅާބަލާ ޑަބަލިން ޓައިމް މި އަންނަނީ ކުރުވަމުން، މީގެ ތިން ހަފްތާ ކުރިން ޑަބަލިން ޓައިމް ހުރީ 116 ގައި. މިހާރު 39 ދުވަސް" ޑރ. ޝަހީދު ވިދާޅުވި އެވެ.
މީގެ ތިން ހަފްތާ ކުރިން ޑަބަލިން ޓައިމް ހުރީ 116 ގައި. މިހާރު 39 ދުވަސް، ޑަބަލިން ޓައިމް ކުރުވާ ވަރަކަށް އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު އަވަސްވަނީއޭ -- ޑރ. ޝަހީދު
މީގެ އިތުރަށް ފާއިތުވެދިޔަ ތިން ހަފްތާ ތެރޭގައި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދުތައް ވެސް ގިނަވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ލޮކްޑައުން އަށް ލުއި ދިން ހިސާބުން ފެށިގެން މަޑުމަޑުން ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދުތައް ވެސް އިތުރުވާކަން ޑރ. ޝަހީދު ވަނީ ފާހަގަކުރައްވައިފަ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝަހީދު ވާހަކަ ދައްކަވަނީ.
"ތިން ހަފްތާކުރިއާ އަޅާބަލާއިރު ކުޑަކޮށް ދަށް ވެއްޖެ މިހާރު، 40 ޕަސަންޓުން 30 އަށް، އެކަމަކު ވެސް މަތީގައި މިހުރީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހުރިހާ ކަމަކީ ވެސް ބަލި އިތުރަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ ހެކި ކަމަށެވެ. މި ކަންކަމަކީ ބަލީގެ ހާލަތު އޮތް މިންވަރާއި އަޅަންވީ ފިޔަވަޅުތައް ދެނެގަންނަ ކަންކަން ކަމަށާއި ކޮންމެ ހަފްތާއަކު މި ކަންކަމަށް ބަލައި ވަކި ސްކޯއެއް ދޭނެ ކަމަށް ވިދާޅުވި އެވެ. މި ވަގުތު އަދި ހާލަތު އޮތީ މިހާރު ދީފައިވާ ލުއިތަކާ އެކު ކުރިއަށްދެވޭ މިންވަރަށް ކަމަށް ވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފަ އެވެ.
ލުއި ދިން ހިސާބުން ފެށިގެން މަޑުމަޑުން ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދޭ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދުތައް ވެސް އިތުރުވާކަން ޑރ. ޝަހީދު ވަނީ ފާހަގަ ކުރައްވާފައި.
ޑރ. ޝަހީދު ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ވަރަށް ގާތުން ކަންކަން ބަލަން ޖެހޭ ކަމަށެވެ. އަދި ދެތިން ހަފްތާ ތެރޭގައި އަދަދުތައް އިތުރުވާ ނަމަ އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު އޭޕްރިލް 15 ގައި އިއުލާންކުރި ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރުގައި އުޅެވޭނެހެން ހުޅުވާލީ މި މަހު 1 ގަ އެވެ. ފުރަތަމަ ހުޅުވާލި އިރު ދުވާލެެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5-15 އާ ދޭތެރޭގައި ހުރި ނަމަވެސް މިހާރު އެ އަދަދު އިތުރުވެ 60 އަށް ވުރެ ވެސް މައްޗަށް އަރަ އެވެ. އަދި ޕޮޒިޓިވްވާ ދިވެހިންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 2،930 މީހުންނެވެ. ބަލީގައި 15 މީހުން މަރުވެފައިވާއިރު، 2،354 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް
ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވީ 31 މީހުން
ރަށްރަށުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މައްސަލަ ބޮޑު
މަނަދޫން 26 މީހަކު ކަރަންޓީންކޮށްފި
ޕޮޒިޓިވްވީ 70، ބަލިން ރަނގަޅުވީ 210
ކެލަ އާއި ދިއްދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް 100 އިން ދަށް ދުވަހެއް