23 ޖުލައި 2020
އިންޑިއާގެ ފިރިހެނުން އަންހެނުންނެކޭ އެއްގޮތަށް ގޭތެރޭގެ މަސައްކަތްކުރުމަށް ގޮވާލައި އެކަމަށް ބާރުއަޅައި ދެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އިންޑިއާގެ ފިރިހެނުން އަންހެނުންނެކޭ އެއްގޮތަށް ގޭތެރޭގެ މަސައްކަތްކުރުމަށް ގޮވާލައި އެކަމަށް ބާރުއަޅައި ދެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ޗޭންޖް.އޯގްގައި ކުރިއަށް ގެންދާ މި ޕެޓިޝަނުގައި އިސްކޮށް މަސައްކަތްކުރާ ސުބަރްނާ ގޯޝް ބުނި ގޮތުގައި ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު އިންޑިއާގެ އަންހެނުންނަށް ގޭތެރޭގައި އުފުލަން ޖެހިފައި ވަނީ އެތައް ގުނަ އަށް ބޮޑު ބުރައެކެވެ. ސަބަބަކީ ގޭގޭގައި ނޯކިރީކޮށްދިން މީހުންގެ މަސައްކަތް ވެސް ހުއްޓުމަކަށް އައިސް ގިނަ ގޭބިސީތަކުގެ ހުރިހާ މަސައްކަތެއް އެ ގެއެއްގެ އަންހެނުން ކުރަން ޖެހުމެވެ. ލޮކްޑައުންއާ އެކު ފިރިހެނުން މަސައްކަތެއް ނުކޮށް ގޭގައި ތިބެން ޖެހުނަސް ގިނަ އާއިލާތަކަށް ގޭތެރޭގެ މަސައްކަތުގައި ފިރިހެނުންގެ އެހީތެރިކަން ނުލިބި އަންހެނުން ކުރަން ޖެހޭ މަސައްކަތްތައް އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ.
ސުބަރްނާގެ ޕެޓިޝަނުގައި ވަނީ ކެއްކުމާއި ގޭތެރެ ފޮޅައި ސާފުކުރުން ފަދަ ކަންކަމަކީ ހަމައެކަނި އަންހެނުން ކުރަން ޖެހޭ މަސައްކަތްތެއްގެ ގޮތުގައި ލިޔެފައި އޮތީ ކޮން ފޮތެއްގައިތޯ ސުވާލުކޮށްފަ އެވެ. އެހެންވެ ގޭތެރޭގައި ކުރަން ހުންނަ ކަންކަމަކީ ދެ ޖިންސްގެ މީހުން އެއްވަރަކަށް ހިއްސާވެގެން ކުރަން ޖެހޭ ކަންކަން ކަމަށާއި މިކަން މި ގޮތަށް ނުކުރާ ނަމަ ގެއްލިގެން ދަނީ އަންހެނުންގެ ހައްގުތަކެއް ކަމަށް ބުނެފައިވެ އެވެ.
"އަދި އެންމެ ކަންބޮޑުވާ މައްސަލަ އަކީ މިކަމާ ބެހޭ ގޮތުން ވާހަކަ ނުދެކޭވަން. ސުވާލަކީ ކީއްވެހޭ މި ވާހަކަ ނުދައްކަނީ؟" ޕެޓީޝަނުގައި ބުނެފައިވެ އެވެ.
ސުބަރްނާ ބުނިގޮތުގައި ގޭތެރޭގެ މަސައްކަތްތައް ފިރިހެނުން ކުރުމަށް ބާރު އަޅައި ދެއްވަމަށް މޯދީ އަށް ޕެޓިޝަނެއް ހުށަހަޅަން ނިންމީ އިންޑިއާގެ ގިނަ ފިރިހެނުން، އެ މީހުންގެ އަނބިންގެ ވާހަކަތަކަށް ވުރެ ބޮޑަށް މޯދީގެ ވާހަކަތައް ގަބޫލުކުރާތީ އެވެ.
"އެހެންވީމަ ބޮޑުވަޒީރު މިކަމަށް ގޮވާލުމަކީ ހެޔޮ ބަދަލަކަށްވާނެ ކަމަށް ގަބޫލުކުރެވޭ." އޭނާ ބުންޏެވެ.
ސުބަރުނާ ބުނީ މި މައްސަލާގައި ޕެޓިޝަނެއްގައި ސޮއިކޮށް ސަރުކާރަށް ހުށަހަޅަން ނިންމީ އަމިއްލަ ތަރުޖިބާ އަށް ވެސް ބަލައިފަ އެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުން ފެށިގެން ގޭގެ މަސައްކަތުގައި ގުދާރު ބިދޭ ވަރަށް މަސައްކަތްކުރަން ޖެހުމަކީ ހައްގު މިންވަރު ނޫން ކަމަށް ބުންޏެވެ.
އޭނާ ބުނީ އިންޑިއާގެ އާދަތައް އޮންނަ ގޮތުން ކެއްކުމާއި ކުނިކަހައި ފޮޅައި ސާފުކުރުމާއި ދޮވެ އިސްތިރިކުރުމާއި އެނދު ތަންމަތި އެޅުން ފަދަ ކަންކަމަކީ މުޅިން ވެސް އަންހެނުން ކުރަން ޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ދެކެމުންދާ ކަމަށެވެ. އެކަމަކު މިއީ ކޮން ގާނޫނަކުން އަންހެނުންގެ މައްޗަށް ލާޒިމުކުރާ ކަންކަމެއްތޯ ސުވާލު އުފައްދާފައިވެ އެވެ.
"މިއީ އަންހެނުން އަޅުންގެ ގޮތުގައި ދެކުން ކަހަލަ ކަމެއް. އަދި މިއީ އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅުން،" ސުބަރުނާ ބުންޏެވެ. "އެކަމަކު މިއީ އަންހެނުންނަށް ހައްގު މިންވަރެއް ނޫން."
ޕެޓުޝަނުގައި މިހާތަނަށް 70،000 އާ ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވެ އެވެ. ސުބަރުނާގެ އަމާޒަކީ މަދުވެގެން 75،000 ސޮއި ހޯދުމެވެ.
އިންޓަނެޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން 2018 ގައި ނެރުނު ރިޕޯޓެއްގައި ބުނާގޮތުން އިންޑިއާގެ ތަރައްގީވެފައިވާ ހިސާބުތަކުގެ އަންހެނުން ދުވާލެއްގެ މައްޗަށް ގޭތެރޭގެ މަސައްކަތްތަކުގައި 312 މިނިޓް ހޭދަކުރާ އިރު ފިރިހެނުން ގޭތެރޭގެ މަސައްކަތުގައި އުޅެނީ އެންމެ 29 މިނިޓަށެވެ. އަދި ރަށްފުށުގެ ހިސާބުތަކަށް ބަލާ އިރު އަންހެނުން ދުވާލެއްގެ މައްޗަށް ގޭގެ މަސައްކަތްތަކުގައި 291 މިނިޓް ހޭދަކުރާ އިރު، ފިރިހެނުން ވަގުތު ދެނީ އެންމެ 32 މިނިޓަށެވެ.
އަންހެނުންނަށް ހާއްސަ މޮބައިލް ފާހާނާތަކެއް
ޕެޑް ލޯންޗްކުރި އިވެންޓްގައި އަންހެނުން ނެތުމުން ފާޑުކިޔައިފި
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވައިފި
ރައީސް މުއިއްޒަށް އިންޑިއާއިން ރަތްދޫލައިގެ މަރުހަބާއެއް
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސްގެ ތާރީހީ ދަތުރުފުޅު އިންޑިއާއަށް ފައްޓަވައިފި
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް