Roadha Mihaaru

ސިފައިންނާއި ފުލުހުންގެ ފްލެޓާ އަޅުގަނޑާ ގުޅުމެއް ނެތް: މުއިއްޒު

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތްތަކާ، އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

23 ޖުލައި 2020

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތްތަކާ، އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމުން ލަސްވެފައިވާ މައްސަލަަ ރައްޔިތުންގެ މަޖިލީހުން ބަލަން މިދިޔަ އަންގާރަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ. ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިމާރާތް ކުރަން ހަވާލުކުރި އެ ފްލެޓްތައް ނުނިމި ވަނީ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒުގެ އިހުމާލުން ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

Island expert ah memberunge bodethi thuhumathu thakeh

Island expert ah memberunge bodethi thuhumathu thakeh

The most trusted news source in the Maldives

Mihaaru

ފްލެޓްތަކުގެ މައްސަލާގައި މުއިއްޒަށް ތުހުމަތުތަކެއް ކުރުން

އެކަމާ ގުޅިގެން "މިހާރު" ން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ކޯޕަރޭޓިވް ސިފްކޯ އާއި ފުލުހުންގެ ކޯޕަރޭޓިވް ޕޮލްކޯ އިން ކަމަށެވެ. އެ ޕްރޮޖެކްޓްގައި ހައުސިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު މިނިސްޓަރަކަށް ހުއްޓަސް އެ ކަމުގައި އެއްވެސް ކަނެކްޝަނެއް ނޯވޭ. ހައުސިން މިނިސްޓްރީއާ ގުޅުމެއް ނެތް. އެ ދެ ކުންފުނިން ކުރި ކަމެއް އެއީ. އެ ކުންފުނިތަކުން އެ ޕްރޮޖެކްޓް ހަވާލު ކުރީ ވެސް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓް ހިންގި ގޮތުގެ ތަފުސީލް އެނގޭނީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށާއި އޭރުގެ ޕޮލިސް ކޮމިޝަނަރު، މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކަމަށެވެ.

"[އަޅުގަނޑަށް އަމާޒުކޮށްގެން] ބައެއް އެމްޑީޕީ މަޖިިލިސް މެމްބަަރުން މިހާރު ކިޔާ އެއްޗިއްސަކީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރަން ފަތުރާ ދޮގު ވާހަކަތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓް

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކޮންޓްރެކްޓަރު ތައިލެންޑުގެ އައިލެންޑް އެކްސްޕާޓްގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެ ފްލެޓްތައް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންނަށް މުސާރަ ނުދެވި، އެ މީހުން ބޮޑު ހަޅުތާލެއް ވެސް ކޮށްފައި ވަނިކޮށެވެ.

އެ މައްސަަލައިގައި މަޖިލީހުގައި އަންގާރަ ދުވަހު ކުރި ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ، އެ ފްލެޓްތަކުގެ މަސައްކަތް ލަސްވެފައި ވަނީ މުއިއްޒުގެ ސަބަބުން ކަމަށެވެ. އެގޮތުން، ފްލެޓް އިމާރާތް ކުރަން ސިފައިންނާއި ފުލުހުން ދެއްކި ފައިސާ މުއިއްޒު ބޭނުން ކުރައްްވާފައިވާ ކަަމަށް ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

އެ މަސައްކަތް ފުރަތަމަ ހަވާލުކުރި ނޫމަޑި އަށް ދައުލަތުން ބޮޑު ބަދަލެއް ލިބޭ ގޮތަށް މަގުފަހި ކުރެއްވީ މުއިއްޒު ކަމަށާއި އެ ކުންފުނީގެ ހިއްސާދާރެއްގެ ކުންފުންޏެއް ކަަމަށްވާ އައިލެންޑް އެކްސްޕާޓާ، ފްލެޓް މަޝްރޫއު އަލުން ހަވާލުކުރީ ވެސް ރޭވުމަކުން ކަަމަށް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

ނޫމަޑިއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމެއް އުވައިލުމުން އެ ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ދިއުމުން މިހާރުގެ ސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްް ނޫމަޑި އަށް 55 މިިލިޔަން ޑޮލަރު ދިނުމަށެވެ. އެ ފައިސާގެ ބޮޑުބައެއް ދައްކާފައި ވާއިރު، ނޫމަޑި އަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ދައްކައިފައެއް ނުވެ އެވެ.

ނޫމަޑި އަށް ބަދަލުގެ ގޮތުގައި ފައިސާ ދައްކަން ޖެހުނީ މުއިއްޒު، އާބިޓްރޭޝަނަށް ދެއްވި ބަޔާނެއްގެ ސަބަބުން ކަމަށް މި ސަރުކާރުން ތުހުމަތު ކުރެ އެވެ. އެ މައްސަލައިގައި މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ ތުހުމަތުތަކަށް މުއިއްޒު އިންކާރު ކުރައްވަ އެވެ.