Roadha Mihaaru
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި

ދަރިފުޅަށް ޖިންސީގޯނާ ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފި

05 އޯގަސްޓް 2020

ގދ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ގދ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހު ފަތިހު އެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ މައިންބަފައިން ތިބެނީ ވަރިވެފަ އެވެ. ފިރިހެންމީހާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީ އަދި ގެވެށި އަނިޔާގެ ކުށުގެ ރެކޯޑު އޮތް މީިހެއް ކަން ވެސް އެނގިފައި ވެއެވެ.

މިހާރު އަށް މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ އެ އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. ކުށުގެ ބާވަތުން، މައްސަލަ ބަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުން ކޯޓުގައި ވަނީ އެދިފަ އެވެ.

އެ ކޯޓުގައި މިހާރު ވަގުތީ ގޮތުން މަސައްކަތްކުރަމުން އަންނަ އެހެން ރަށެއްގެ އިސް މެޖިސްޓްރޭޓް އޭނާ ދޫކޮށްލާފައިވަނީ އޭނާ ބަންދުކޮށްފައި ބަހައްޓަން ޕީޖީން އެދިފައި ނުވާތީ ކަމަށް ބުނެ އެވެ.

މައްސަލަ ރިވިއުކުރަން ޕީޖީ އޮފީހުން އަނެއްކާ ހުށަހެޅުމުން މިއަދަށް ތާވަލްކުރި ނަމަވެސް ގާޒީ ސަލާމް ބުނުމާ ގުޅިގެން މައްސަލަ ކުރިއަށް ގޮސްފައެއް ނުވެ އެވެ.