Roadha Mihaaru
ނަސްރީނާގެ ހާލު އަންނަނީ ރަނގަޅުވަމުން: މައުމޫން

ނަސްރީނާގެ ހާލު އަންނަނީ ރަނގަޅުވަމުން: މައުމޫން

06 އޯގަސްޓް 2020

ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމްގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ފިރިކަލުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނަސްރީނާގެ ހާލު އޮޅުންފިލުވަމުންދާ މީހުންނަށް ޝުކުރު އަދާކުރައްވައި މައުމޫން ކުރެއްވި ޓުވީޓެއްގައިވާ ގޮތުން، ހާލު ދެރަވެގެން އެޑްމިޓްކޮށް، ކޮވިޑް-19 އަށް ނަސްރީނާ ޓެސްޓް ވެސް ކުރި އެވެ. އެކަމަކު ނަތީޖާ ނެގެޓިވް ކަމަށް މައުމޫން ވިދާޅުވި އެވެ.

ޓެސްޓުތައް ހެދުމަށް ފަހު ނަސްރީނާ މިހާރު ވަނީ ރޫމަށް ބަދަލުކޮށްފަ އެވެ. ޓެސްޓުތަކުން އެނގުނީ ލޮނު މާބޮޑަށް ދަށަށް ދިޔަ ކަމެވެ.

މައުމޫން ރާއްޖޭގައި ވެރިކަން ކުރެއްވި 30 އަހަރު ސިޔާސީ ކަންކަމުގައި ނަސްރީނާ ހަރަކާތްތެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަނާ އުޅުއްވީ އިޖުތިމާއީ ޚިދުމަތުގަ އެވެ. ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ޖަމިއްޔާ އުފައްދަވައި އާއްމުންނަށް ގިނަ އެހީތަކެއް ވެދެއްވަ އެވެ.

ސިޔާސީ ކަމަކުން ނަސްރީނާ އާއްމުންނަށް ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މައުމޫން ހައްޔަރުކޮށް، ޖަލަށް ލުމުން އެ މަނިކުފާނު ދޫކޮށްލައްވަން ގޮވާލައި ކްރިމިނަލް ކޯޓު ކައިރީގައި ބޭއްވި ހަރަކާތަކުންނެވެ. ޖަލުގައި ހޭދަކުރެއްވި އިރު މައުމޫންގެ ބަލި ހާލަތު ހުރި ގޮތުން، އެ މަނިކުފާނާ އެކު ޖަލުގައި އޮންނެވުމުގެ ފުރުސަތަކަށް ވެސް ނަސްރީނާ އޭރު އެދިވަޑައިގަތެވެ.

މައުމޫނާއި ނަސްރީނާގެ ކައިވެންޏަށް މި އަހަރުގެ ޖުލައި 14 ގައި ވަނީ 51 އަހަރު ފުރިފަ އެވެ.