Roadha Mihaaru
މައުލޫމާތު ލިބުމުން މާލީ ބަޔާން އާންމު ކުރާނަން:ޝަމީމް

މައުލޫމާތު ލިބުމުން މާލީ ބަޔާން އާންމު ކުރާނަން: ޝަމީމް

11 އޯގަސްޓް 2020

ގާނޫނުގައި ބުނާގޮތަށް މާލީ ބަޔާން އަދި ހުށަހަޅުއްވާފައި ނުވަނީ ބައެއް މައުލޫމާތު ނުލިބިގެން ކަމަށާއި އެ މައުލޫމާތުތައް ލިބުމުން މާލީ ބަޔާން އާންމު ކުރައްވާނެ ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގާނޫނުގައި ބުނާގޮތަށް މާލީ ބަޔާން އަދި ހުށަހަޅުއްވާފައި ނުވަނީ ބައެއް މައުލޫމާތު ނުލިބިގެން ކަމަށާއި އެ މައުލޫމާތުތައް ލިބުމުން މާލީ ބަޔާން އާންމު ކުރައްވާނެ ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީއާ އެކު ހަތަރު މިނިސްޓަރަކު މާލީ ބަޔާން ގަވައިދުން ހުށަނާޅުއްވާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވަނިކޮށް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަޔާން ހުށަނޭޅި އޮތީ މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު އަދި ލިބިފައި ނުވާތީ ކަމަށެވެ. އެއީ ކޮން މައުލޫމާތުތަކެއް ކަން ޝަމީމް ހާމައެއް ނުކުރައްވަ އެވެ.

"އެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި، ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ. ބަޔާން އާންމު ކުރާނަން،" ޝަމީމް ޓްވީޓް ކުރައްވާފައިވެ އެވެ.

ޝަމީމް ކުރެއްވި ޓްވީޓް

ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ފަހުކޮޅު އާއްމުކުރި ލިޔުންތައް ބުނާގޮތުން، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އާއި މަގާމުގައި އެއް އަހަރު ވުމުން ހުށަހަޅުއްވަންޖެހޭ މާލީ ބަޔާން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހުށަހެއް ނާޅުއްވަ އެވެ.

4 vazeerakaai PG Shameem maalee bayaan hushaheh naalhuvvaa

4 vazeerakaai PG Shameem maalee bayaan hushaheh naalhuvvaa

The most trusted news source in the Maldives

Mihaaru

ޕީޖީއާއެކު ހަތަރު ވަޒީރަކު މާލީ ބަޔާން ހުށަނޭޅުއްވުން

އެ ދެ ބޭފުޅުންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ އަހަރުގެ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ބައެއް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހެ އެވެ.

އެއީ ރައީސާއި ވަޒީރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު މެމްބަރުންނާއި ރިޔާސީ ކޮމިޝަންގެ މެމްބަރުންނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ފޮނުއްވާކަށް ނުޖެހެ އެވެ.