Roadha Mihaaru
ރޭޖް: ޓްރަމްޕާ ބެހޭ އާ ފޮތެއް

ރޭޖް: ޓްރަމްޕާ ބެހޭ އާ ފޮތެއް

15 އޯގަސްޓް 2020

މީގެ ދެ އަހަރު ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން "ފިއާ" ގެ ނަމުގައި ފޮތެއް ލިޔުނު އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ބޮބް ވުޑްވާޑް ޓްރަމްޕާ ބެހޭ ގޮތުން ލިޔެފައިވާ އާ ފޮތް "ރޭޖް" އަންނަ މަހު ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން "ފިއާ" ގެ ނަމުގައި ފޮތެއް ލިޔުނު އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ބޮބް ވުޑްވާޑް ޓްރަމްޕާ ބެހޭ ގޮތުން ލިޔެފައިވާ އާ ފޮތް "ރޭޖް" އަންނަ މަހު ނެރެން ނިންމައިފި އެވެ.

އަންނަ މަހުގެ 15 ގައި ނެރެން ނިންމާފައިވާ މި ފޮތް ނެރެނީ މިދިޔަ މަހު ޓްރަމްޕްގެ ފަތިފުށާ ބެހޭ ގޮތުން އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ޓްރަމްޕް ލިޔުނު ފޮތް "ޓޫ މަޗް އެންޑް ނެވާ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ދަ ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" އާއި ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ލިޔުއްވި "ދަ ރޫމް ވެއާ އިޓް ހެޕަންޑް" ވެސް ޕަބްލިޝްކުރި ސައިމަން އެންޑް ޝޫސްޓާގެ ތައްގަނޑުގަ އެވެ.

ސައިމަން އެންޑް ޝޫސްޓާގެ ސީއީއޯ ޖޮނަތަން ކާޕް ވިދާޅުވީ "ރޭޖް" އަކީ އެތަނުގެ ތައްގަނޑުގައި މި އަހަރު ނެރޭނެ އެންމެ މުހިއްމު ފޮތަށް ވާނެ ކަމަށެވެ. އަދި ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލާން ދާންވާނީ އެ ފޮތް ކިޔާފައި ކަމަށް ވިދާޅުވި އެވެ.

"ރޭޖް" ގައި ޓްރަމްޕްގެ ގިނަ އިންޓަވިއުތަކުގެ ބައިތަކާއި ވެރިކަމުގައި ހުންނަވައިގެން ޓްރަމްޕް މިތާނަށް ނިންމާފައިވާ އެކިއެކި ނިންމުންތަކާއި އޭނާގެ މިޒާޖާ ބެހޭ ވާހަކަތަކާއި އަދި އެ ނޫން ވެސް ގިނަ ވާހަކަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ކޮރޯނާވައިރަހާ ގުޅޭ ގޮތުން ޓްރަމްޕް ދައްކަވާފައިވާ ވާހަކަތާއި އެ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި ޓްރަމްޕްގެ ސަރުކާރުން ގެންގުޅުނު ދޯދިޔާ ސިޔާސަތުގެ ވާހަތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކަތަކާއި ޓްރަމްޕްގެ ދައުރުގައި އެމެރިކާގެ އިގުތިސާދަށް އެރި ލޮޅުންތަކުގެ ވާހަކަ އާއި ކަޅު ނަސްލުގެ މީހުންނާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ވާހަކަތައް ހިމެނެ އެވެ.

ބޮބް.

ބޮބް.

މީގެ އިތުރުން އެމެރިކާގެ ރައީސްކަން ކުރެއްވި އެހެން ބޭފުޅުންނާ ބެހޭ ގޮތުން ޓްރަމްޕް ދައްކަވާފައިވާ ބައެއް ވާހަކަތައް ވެސް އާ ފޮތުގައި ހިމެނޭނެ އެވެ.

"ރޭޖް" ލިޔުނު އިންވެސްޓިގޭޓިވް ޖާނަލިސްޓް ބޮބް، 77، އަކީ ދެ ފަހަރަށް ޕްލިޓްޒާ އެވޯޑް ވެސް ހޯދާފައިވާ ލިޔުންތެރިއެކެވެ. އޭނާ 2018 ގައި ނެރުނު "ފިއާ: ޓްރަމްޕް އިން ދަ ވައިޓް ހައުސް" އަކީ ވެސް އާންމުންގެ ފަރާތުުން ބޮޑު ތަރުހީބެއް ލިބުނު ފޮތެކެވެ.