Roadha Mihaaru
އެލެކްސް އަހުމަދު ބުނަނީ ތިމަންނާއަކީ ނަޝީދު ކަމަށް!

އެލެކްސް އަހުމަދު ބުނަނީ އޭނާއަކީ ރައީސް ނަޝީދު ކަމަށް!

14 އޯގަސްޓް 2020

ޓްވިޓާގައި މަޝްހޫރު އެލެކްސް އަހުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނެ، އެ އެކައުންޓުން މިއަދު ޓްވީޓެއް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓްވިޓާގައި މަޝްހޫރު އެލެކްސް އަހުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނެ، އެ އެކައުންޓުން މިއަދު ޓްވީޓެއް ކޮށްފި އެވެ.

އެކާވީސް ހާހަށް ވުރެ ގިނަ މީހުން ފޮލޯކުރަމުން އަންނަ އެކައުންޓުގެ ވެރިޔާ، އެހެން މީހަކަށް ދިން ރައްދެއްގައި، "ދެން ކިތައް ފަހަރަށް ބުނެފިން މިއީ ކެނެރީގޭ ނަޝީދުއޭ" ބުނެ މިއަދު ލިއުނެވެ. އެލެކްސް އަހުމަދު އެގޮތަށް "އެއްބަސްވީ" "މިހިރަ ފިނޑިޔާ. ވެރިފައި ކޮށްފައި އިން އެކައުންޓް އިން ތި ކިޔާ އެއްޗެއް ކިޔާބަލަ!"އޭ ކިޔާފައި، އެހެން މީހަކު ކުރި ޓްވީޓަށް ޖަވާބު ދެމުންނެވެ.

"ދެން ކިތައް ފަހަރު ބުނެފިން މިއީ އަޅުގަނޑު ކެނެރީގޭ ނަޝީދުއޭ. އެލެކްސް އަކީ އަޅުގަނޑުގެ ނުރަސްމީ އެކައުންޓް،" ރައްދު ދެމުން އެލެކްސް ލިއުނެވެ.

އެލެކްސް އަހުމަދުގެ ނަމުގައި އެކައުންޓް ހުޅުވީ އެޕްރީލް 2012 ގަ އެވެ. އެއީ ރައީސްގެ މަގާމުން ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނުތާ ދެ މަސް ވާން އުޅެނިކޮށެވެ.

އެލެކްސް އަހުމަދަކީ ނަޝީދު ކަމަށް، ވަރަށް ގިނަ ބަޔަކު ގެންދަނީ ކުރިންސުރެ ތުހުމަތު ވެސް ކުރަމުންނެވެ. ރާއްޖޭގައި ސީދާ ކާކުކަން ނޭނގޭ ޓްވިޓާ އެކައުންޓްތަކުގެ ތެރެއިން އެލެކްސް އަހުމަދު ފޮލޯކުރާހާ ގިނައިން ފޮލޯކުރާ އެހެން އެކައުންޓެއް ވެސް ނެތެވެ.

ސިޔާސީ ރައްދުތަކުގެ އިތުރުން، ތާރީހީ ބައެއް ކަންކަމާ ގުޅޭ ގޮތުން ވެސް އެލެކްސް އަހުމަދު ޓްވީޓްކުރެ އެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ޓްވީޓްތަކަށް ހިޔާލު ވެސް ފާޅުކުރެ އެވެ. އަދި ނަޝީދުކަން ޔަގީންކޮށް، އެމްޑީޕީއާ ދެކޮޅު މީހުންގެ ފާޑުކިއުމުގެ ރައްދުތައް ވެސް ގިނަ އެވެ.

ނަޝީދު އިސްކޮށް ހުންނަވައިގެން މަޖިލިހަށް ވައްދަން އުޅޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ބެހޭ ގޮތުން ވެސް އެލެކްސް އަހުމަދު މިއަދު ޓްވީޓްކުރި އެވެ.

"ވެރިފައި ކޮށްފައި އިން އެކައުންޓް އިން ތި ކިޔާ އެއްޗެއް ކިޔާބަލާ"ށޭ އާންމުންގެ މީހަކު ލިއުނީ ވެސް، އެލެކްސްގެ އެ ޓްވީޓް ޓެގްކޮށްފަ އެވެ. އޭގައި އެލެކްސް އަހުމަދު ލިއުނީ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒަށް ނިސްބަތްކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކާ އެއްގޮތް ވިސްނުމެކެވެ. ޓްވީޓްގައި އޮތީ ވަޒީރު ބޭފުޅުންގެ ތެރޭގައި ވަކި އެއް ބޭފުޅެއް މާ ބޮޑުވުމަށް ޖާގަ ދީފި ނަމަ ޕާޓީއަށާއި ސަރުކާރަށް އަދި ރާއްޖެއަށް ދެރަވާނެ ކަމަށެވެ.

"ރައްޔިތުން ބާރު ގުޅިފައިވާ މަޖިލިސްގެ ބާރުވެރިކަން ވެސް ދާނީ ކުޑަވަމުން. ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް ހުރަސް އެޅޭނެ،" ފައްޔާޒަށް ނިސްބަތްކޮށް، އެލެކްސް އަހުމަދު މިއަދު ކުރި ޓްވީޓްގައި ލިއުނެވެ.

އެލްކްސް ޓްވީޓް

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ފައްޔާޒަށް ނޫޅެވޭނެ ކަމަށާއި އޭނާ ވެސް އުޅެން ޖެހޭނީ ނިޒާމުގެ ތެރޭގައި ކަމަށެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި އޮތީ ވެސް ނަޝީދެވެ.