20 އޯގަސްޓް 2020
ރާއްޖޭގެ އީ-ގަވަމަންޓްގެ ތަރައްގީކޮށް ކުރިއަރުވަން އެކަމަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެެވެ.
ރާއްޖޭގެ އީ-ގަވަމަންޓްގެ ތަރައްގީކޮށް ކުރިއަރުވަން އެކަމަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެެވެ.
އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކަޕް) އިން ބޭއްވި "އީ ގަވަމަންޓް ސާވޭ އޭޝިއާ ޕެސިފިކް ރީޖަނަލް ވެބިނާ "ގައި މިނިސްޓަރު ވިދާޅުވީ އީ-ގަވަމެންޓެއް ތަރައްގީކުރަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކުގައި އދ. ގެ އީ-ގަވަމަންޓް ޑިވޮލޮޕްމެންޓް އިންޑެކްސްގައި އެވްރެޖް މިންގަނޑެއް ރާއްޖެ ހިފެހެއްޓުނު ނަމަވެސް ފަހު އަހަރުު ތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ބައިނަލްއަގްވާމީ އަދި އޭޝިއާ ސަރަހައްދަށް ބަލާ އިރު ވެސް ރާއްޖެ އޮތީ އެ އިންޑެކްސްގެ ވަރަށް ފަހަތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށް ހުށަހަޅާފައިވާ ސާވޭއިން ލިބުނު މައުލޫމާތަށް ބަލާފައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަމުން އަރައިގަނެ އެހެން ގައުމުތަކާ އެއްހަމައެއްގައި ހިފެހެއްޓޭނީ މިހާރަށް ވުރެ އިތުރަށް މި ދާއިރާއަށް އިންވެސްޓްކޮށްގެންނެވެ.
މި ދާއިރާއަށް މި އަހަރު 77.8 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެއީ މިނިސްޓްރީ އަށް ލިބުނު 21.5 މިލިއަނާއި އެންސީއައިޓީ އަށް ލިބުނު 50 މިލިއަނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ލިބުނު 6.3 މިލިއަނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރި އިރު އެ ދާއިރާއަށް ދިން ބަޖެޓުން 14 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ.
ރާއްޖެއަށް އީގަވަމެންޓެއް ގެނައުމުގެ މަސައްކަތް ފެށީ 2000 ވަނަ އަހަރެވެ. އެ މަސައްކަތް އެ އަހަރު ފެށީ ސައިންސް އެންޑް ޓެކްނޮލޮޖީގެ މާސްޓާ ޕްލޭނެއް އެކުލަވާލައިގެން ކަމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ފުރަތަމަ ޕްރޮޖެކްޓު ވެސް ފެށީ އެ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.
އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު (184,920,000 ރުފިޔާ) ހޭދަކުރި އިރު، އޭޝިއާ ޑިވެލޮޕްމެންޓް ބޭންކުން އެ މަޝްރޫއަށް 9.5 މިލިއަން ޑޮލަރު(146,395,000 ރުފިޔާ) ގެ އެހީއެއް ދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ދާއިރާއިން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތައް ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ހިދުމަތް ލިބޭނެ ގޮތް ހެދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ކަޒިކިސްތާނުގެ ޑިޖިޓަލް ޑިވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއޮރޯސްޕޭސް އިންޑަސްޓްރީގެ ނައިބު މިނިސްޓަރު އަބްލޭހާން ޔެސެނޮވިޗް އޮސްޕަނޮވް އާއި ދެކުނު ކޮރެއާގެ އިންޓީރިއާ އެންޑް ސޭފްޓީ މިނިސްޓްރީގެ ޑިޖިޓަލް ގަވަމަންޓް ކޯޕަރޭޝަން ޑިވިޝަންގެ ޑިރެކްޓާ ސުންގްޖޫ ސަން ވެސް ބައިވެރިވި އެވެ.
އދ. ގެ އެސްކެޕް އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވެސް މިނިސްޓަރު މަލީހު ބައިވެރިވަޑައިގަތެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން އޮންލައިން ހިދުމަތްތައް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު
އޮފީސްތަކުގައި ފިންގަޕްރިންޓް ޖެހުން ހުއްޓާލައިފި
މުވައްޒަފުން ގޭގައި މަސައްކަތްކުރާނެ ގޮތް ކަނޑައަޅަނީ
ސަަރުކާރުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުކޮށްލައިފި
"ބަޣާވާތުގެ ކާމިޔާބީ ފާހަގަކުރުމުން" މަލީހު ހޫނުފެނަށް
"ނޭޝަނަލް ޕޭމަންޓް ސިސްޓަމް ބޮޑު ބަދަލެއް ގެންނާނެ"
އދ.ގައި އަފްގާން ތަމްސީލު ކުރާނީ ކާކު؟
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި