ވޮޝިންޓަން (އޮގަސްޓް 24) - އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގައި "އަޑިނޭނގޭ ދައުލަތެއް" އެބައޮތް ކަަމަށާއި ކޮރޯނާވައިރަހުގެ ވެކްސިން އަށް ހުއްދަ ދިނުން އެފްޑީއޭ އިން ގަސްދުގައި ލަސްކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.
24 އޯގަސްޓް 2020
ވޮޝިންޓަން (އޮގަސްޓް 24) - އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގައި "އަޑިނޭނގޭ ދައުލަތެއް" އެބައޮތް ކަަމަށާއި ކޮރޯނާވައިރަހުގެ ވެކްސިން އަށް ހުއްދަ ދިނުން އެފްޑީއޭ އިން ގަސްދުގައި ލަސްކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޑީ ދައުލަތް" ނުވަތަ އެފްޑީއޭގައި ތިބި ބައެއް މީހުންގެ ސަބަބުން، ކުންފުނިތަކުން ކުރިއަށް ގެންދާ ވެކްސިންގެ ޓްރަޔަލްތަކަށް ވެސް ހުރަސް އަޅާ ކަމަށެވެ. ޓްރަމްޕުގެ އެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.
މީގެ ކުރިން "އަޑީ ދައުލަތް" ޓްރަމްޕް ބޭނުން ކުރައްވާފައި ވަނީ އެމަނިކުފާނުގެ އެޖެންޑާ އަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ، ސަރުކާރުގައި ތިބި ސްޓާފުންނަށެވެ.
އެފްޑީއޭ އަށް ޓްރަމްޕް ތުހުމަތުތަކެއް ކުރެއްވި އިރު އެފްޑީއޭގެ ޑިރެކްޓަ ފޯ ބަޔޯލޮޖިކްސް އިވެލުއޭޝަން އެންޑް ރިސާޗް ޕީޓާ މާކްސް ވަނީ ކޮރޯނާވައިރަހުގެ އެއްވެސް ވެކްސިނެއްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ޔަގީންކަން ނުލިބެނީސް އެ ވެކްސިނަކަށް ސަރުކާރުން ހުއްދަ ދޭން އުޅޭ ނަމަ އޭނާ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެފްޑީއޭގެ ކޮމިޝަނަރު ސްޓެފަން ހާން އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އޭނާ ގެންދަވަނީ ވެކްސިނަށް ހުއްދަ ދިނުން ނޮވެމްބަރު 3 ގެ ފަހަށް ލަސްކުރަމުން ކަމަށެވެ. ނޮވެމްބަރު 3 އަކީ އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވާ ދުވަހެވެ. ވޯޓާ ދިމާކޮށް ވެކްސިނަށް ހުއްދަ ދޭން އެފްޑީއޭ އަށް ޓްރަމްޕް ސަރުކާރުން ޕްރެޝަރު ކުރާ ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެމެރިކާގައި ވަނީ ކޮރޯނާވައިރަހަށް 5,874,146 މީހުން ޕޮޒިޓިވްވެ 180,604 މީހުން މަރުވެފަ އެވެ.
ޓްރަމްޕް ގޮތް ދޫކުރައްވައި، ވެކްސިން ޖަހަން ހިތްވަރު
ޓްރަމްޕަށް ކޮވިޑްގެ ހާލަތު ބަދަލުކޮށްލެވިދާނެ: ފައުޗީ
ކާބުލް އެއާޕޯޓަށް ދިން ހަމަލާ ރޭވި މީހާ ހައްޔަރުކޮށްފި
ޣައްޒާއަކީ އެމެރިކާގެ އަމިއްލަ މުދަލެއްތަ؟
"ޓްރަމްޕަށް ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ނުވެވޭނެ"
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޕެނަމާ ކެނަލް އަތުލާނަން: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި