28 އޯގަސްޓް 2020
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ސެލްފީތައް އަޕްލޯޑްކުރާ އިރު ފުރާވަރުގެ އަދި ޒުވާން އަންހެނުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން އެޑިޓްކޮށްފައި ނޫނީ ފޮޓޯތައް އަޕްލޯޑްނުކުރާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ސެލްފީތައް އަޕްލޯޑްކުރާ އިރު ފުރާވަރުގެ އަދި ޒުވާން އަންހެނުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން އެޑިޓްކޮށްފައި ނޫނީ ފޮޓޯތައް އަޕްލޯޑްނުކުރާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ ގާލްސްގައިޑިން އިން ކުރި ސާވޭ އަށް ފަހު އާންމުކޮށްފައިވާ "ގާލްސް އެޓިޓިއުޑް ރިޕޯޓް" ގައި ބުނެފައި ވަނީ 11-21 އަހަރާ ދެމެދުގެ އަންހެންކުދިން އެޑިޓްކޮށްފައި ނޫނީ ސެލްފީ އަޕްލޯޑްނުކުރާ ސަބަބީ ފޮލޯކުރާ މީހުންގެ ރުހުން ހޯދައި، ބަލައިގަންނަ މީހަކަށްވާން ބޭނުންވުމެވެ. ދެހާހަށް ވުރެ ގިނަ އަންހެން ކުދިން ބައިވެރިކޮށްގެން ހެދި ސާވޭގައި ދެބައިކުޅަ އެއްބައި ކުދިން ބުނިގޮތުގައި ސެލްފީގެ އިތުރުން އެ މީހުން އަޕްލޯޑްކުރާ އާދައިގެ ފޮޓޯތައް ވެސް އެޑިޓްކޮށްފައި ނޫނީ ދޫކޮށެއް ނުލަ އެވެ.
ސާވޭގެ ބައިވެރިވެރިންގެ ތެރެއިން 33 ޕަސެންޓް ބުނެފައިވާ ގޮތުގައި އެ މީހުން ފޮޓޯތައް ލަނީ ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ލިބޭނެ ކަމަށް ދެކިގެންނެނެވެ. ނަމަވެސް އެގޮތަށް ނުވުމުން މާޔޫސްވެ، ފޮޓޯތައް ޑިލީޓްކޮށްލާ ކަމަށް ވެސް ބުނެފައިވެ އެވެ.
A third of girls won’t post selfies without altering their appearance, study finds https://t.co/3lqRbnQkkN
— The Independent (@Independent) August 27, 2020
ސާވޭއިން ފާހަގަކުރެވުނު މުހިއްމު އަނެއް ކަމަކީ ފުރާވަރު ފަހަނައަޅައި ޒުވާން އުމުރަށް އަޅާ ހިސާބުން އަންހެނުންގެ މެދުގައި ފޮޓޯތައް އެޑިޓްކޮށް، ރީތިކުރަން އެކި ކަހަލަ ފިލްޓާތައް ބޭނުންކުރުމުގެ ޝައުގުވެރިކަން ވެސް ބޮޑުވާކަމެވެ. އަދި ސާވޭގެ 40 ޕަސެންޓަކީ އެ މީހުންގެ ސިފަ ރީތިކުރަން ފިލްޓާތައް ލައިގެން ފޮޓޯތައް ޕޯސްޓްކުރިޔަސް އެ މީހުންގެ އަސްލު ސިފައާ ދޭތެރޭ ހިތްހަމަނުޖެހޭ މީހުންނެވެ.
މި ކަންކަމަށް ބަލައި، ގާލްގައިޑިންގެ ވަކީލު ފޯބީ ކެންޓް ވިދާޅުވީ ސޯޝަލް މީޑިއާ އަކީ ޒުވާނުންގެ މެދުގައި އިންސެކިއުރިޓީ އިތުރުކޮށް ޕްރެޝަރު ބޮޑުކުރާ އެއްޗެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފުރާވަރާއި ޒުވާން އަންހެނުންގެ މެދުގައި މި މައްސަލަ ބޮޑު ކަމަށް ބުންޏެވެ.
ގާލްގައިޑިންގެ ޗީފް އެކްޒެކެޓިވް އެންޖެލާ ސޯލްޓް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގެ ނުފޫޒު މިހާރު ވަރަށް ބޮޑު ނަމަވެސް، އެއިން ދުރުކޮށްދޭނެ ގޮތްތަކެއް ވެސް ހޯދަން ޖެހެ އެވެ. އަދި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގެ ސަބަބުން އެތައް މައްސަލަތަކެއް ވެސް ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ. މީގެ ތެރޭގައި ނަފުސާނީ އެކި ކަހަލަ މައްސަލަތައް ބޮޑެވެ. އޭގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީ ފަދަ މައްސަލަތައް ހިމެނެ އެވެ.
"ވަރަށް މުހިއްމު ކަމެއް އަމިއްލަ ނަފުސު ދެކެ ލޯބިވުމާއި އަމިއްލަ ނަފުސަށް އިތުބާރުކުރުން. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫނޭ ބުނާ އުސޫލުން އެބަޖެހޭ ސޯޝަލް މީޑިއާގެ ދުނިޔެއާ ވެސް އެކަހެރިވެ، ހަގީގީ ދުނިޔެއާ ކުރިމަތިލާން،" އޭނާ ވިދާޅުވި އެވެ. "މިކަމަށް އެހީތެރިވުން ވަރަށް މުހިއްމު. އަދި އެހީތެރިވެވޭނެ ގޮތްތައް ހޯދުން ވެސް ވަރަށް މުހިއްމު."
މެންކް ކިޔައިދެއްވީ ފުރައްސާރައަށް އޮތް ދީނީ ފަރުވާ
"ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން ކޮންޓެސްޓެއް
ކޮންގްރެސްގެ މެމްބަރަކު ޓުވިޓާއިން ބޭރުކޮށްފި
ފޭސްބުކް ފްރެންޑުން ޑިލިޓްކުރާތީ ބޭޒާރުކޮށްލައިފި
ޓެކުހަށް މަކަރު ހެދުމުން 210 މިލިއަންގެ ޖޫރިމަނާއެއް
ސޯޝަލް މީޑިއާ އަކީ ހަލާކެއް: ރެސާ
މެންޓަލް ހެލްތަށް ސެލީނާގެ "ވޮންޑަމައިންޑް"
ބޭނުމީ ސޯޝަލް މީޑިއާއާ ދުރުގައި ހުންނަން: ބޯލްޓް
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ވީޑިއޯ ކޯލް މީޓިންތަކުން އުފެއްދުންތެރިކަން ދަށްވޭ