Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
"ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން ކޮންޓެސްޓެއް

އަންހެނުންގެ ދުވަސް: "ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން ހާއްސަ ކޮންޓެސްޓެއް

08 މާޗް 2022

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަށް ހާއްސަކޮށް މަޝްހޫރު ބިއުޓީ ސެލޫން "ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން އިނާމުތައް ލިބޭ ކޮންޓެސްޓެއް ފަށައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަށް ހާއްސަކޮށް މަޝްހޫރު ބިއުޓީ ސެލޫން "ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން އިނާމުތައް ލިބޭ ކޮންޓެސްޓެއް ފަށައިފި އެވެ.

މި ކޮންޓެސްޓްގައި ބައިވެރިވެވޭނީ "މިހާރު" ގެ އިންސްޓަގްރާމާއި ފޭސްބުކްގައިވާ ޕޯސްޓްގެ ކޮމެންޓް ސެކްޝަންގައި އެ މީހަކަށް އެންމެ ކަމުދާ އަންހެނެއް ޓެގްކޮށް، އެ މީހަކު ކަމުދާ ސަބަބު ލިޔުމުންނެވެ. ކޮމެންޓް ކުރުމަށް ފަހު އެ ޕޯސްޓް، ސޯޓްރީ އަށް ވެސް ޝެއާކުރަން ޖެހެ އެވެ. އިނާމު ލިބޭނީ ކޮމެންޓްގައި ޓެގްކޮށްފައިވާ މީހާ އަށެވެ.

މި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. ކޮންމެ ވަނައަކަށް "ކޮކޯ ޝިކް" އިން ވަނީ ހަދިޔާ ޕެކޭޖެއް ދޭން ނިންމައިފަ އެވެ.

އެއް ވަނަ އަށް

ކޮކޯ ޝިކްގެ ސިގްނޭޗާ ޕެޑިކިއު، ސިގްނޭޗާ މެނިކިއު، ޑީޕް ޓިޝޫ މަސާޖު، ޑީޕް ކްލިންސިން ފޭޝިއަލް އަދި ހެއާ ކަޓް.

ދެ ވަނަ އަށް

ކޮކޯ ޝިކްގެ ޑިލަކްސް މެނިކިއު އާއި ޑިލަކްސް ޕެޑިކިއު އަދި ޑީޕް ޓިޝޫ މަސާޖް.

ތިން ވަނަ އަށް

ކޮކޯ ޝިކްގެ ޑިލަކްސް މެނިކިއު އަދި ޑިލަކްސް ޕެޑިކިއު.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އިނާމު ލިބޭ މީހުން އިއުލާން ކުރާނީ ވެސް ހަމަ އެ ދުވަހު އެވެ.

ކޮކޯ ޝިކް އަކީ ރާއްޖޭގައި އެންމެ އިތުބާރު ހިފޭ އެއް ޓީމުން ހިންގާ ސެލޫނެކެވެ. އެ ސެލޫން އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، މޫނު އޮމާން ކޮށްދީ، އިތުރަށް ސާފުކޮށްދީ، ހަންގަނޑުގައި ރޫ ޖެހުމާއި ކުލަ އަލިކޮށްދޭ ހާއްސަ ފޭޝަލް ޓްރީޓްމަންޓްތަކާއި މެނިކިއު އާއި ޕެޑިކިއުއާގެ ހިދުމަތްތަކާއި ތަފާތު ވައްތަރުގެ މަސާޖު ވެސް ހިމެނެ އެވެ. އަދި ހެއާ ޓްރީޓްމަންޓްތަކާއި މޭކަޕްކޮށްދިނުން ވެސް ހިމެނެ އެވެ.

ކޮކޯ ޝިކްގެ ސެލޫންގެ އިތުރުން ކްލިނިކުން ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ދެ އެވެ. ކްލިނިކްގައި ހަމުގެ އެކި ބަލިތަކަށް ހާއްސަ ވިޒިޓިން ޑޮކްޓަރުން ވެސް ހިދުމަތް ދެ އެވެ. އަދި ކްރަޔޯ ތެރަޕީ އާއި އިސްތަށި ފޭބުން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭ ޓްރީޓްމަންޓްތައް އެ ކްލިނިކުން ލިބޭނެ އެވެ.