އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު އޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބާތިލްކުރުމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި އެ މައްސަލާގައި ސަސްޕެންޑްކުރި ގާޒީ އިސްމާއިލް ރަޝީދު އަލުން ވަޒީފާ އަށް ނުކުންނަވައިފި އެވެ.
21 ސެޕްޓެމްބަރ 2020
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު އޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބާތިލްކުރުމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި އެ މައްސަލާގައި ސަސްޕެންޑްކުރި ގާޒީ އިސްމާއިލް ރަޝީދު އަލުން ވަޒީފާ އަށް ނުކުންނަވައިފި އެވެ.
މި ސަރުކާރުން އެމްއެމްޕީއާރްސީގެ މައްސަލަ އަލުން ތަހުގީގުކޮށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ނިންމައި ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ ހުރިހާ ދައުވާއެއް ބާތިލްކުރައްވައިފަ އެވެ. އެ ނިންމެވުމާ އެކު އަދީބު މިނިވަން ވުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި މިހާރު އަނެއްކާވެސް ހުންނެވީ ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ޖަލުގައި ބަންދުކޮށްފަ އެވެ.
އަދީބުގެ ދައުވާތަކާ މެދު ގާޒީ އިސްމާއިލް ނިންމެވި ގޮތުގެ މައްސަލަ ޕީޖީ އޮފީހުން ޖޭއެސްސީއަށް ހުށަހެޅުމުން 60 ދުވަހަށް އޭނާ ސަސްޕެންޑްކުރީ ޖުލައި 19 ގަ އެވެ. އެއީ ފަނޑިޔާރުކަމުން ވަކި ނުކޮށް ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ.
ގާޒީ ސަސްޕެންޑްކުރި އިރު ޖޭއެސްސީން ބުނީ އެގޮތަށް ނިންމީ ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އަދި އޭނާ ފަނޑިޔާރު ކަމުގެ މަސައްކަތުގައި ދެމި ހުންނަވައިފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ސަސްޕެންޝަނުގެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ގާޒީގެ މައްސަލައާ މެދު ގޮތެއް ނުނިންމެ އެވެ. އަދި އޭނާ އަށް ވެސް ޖޭއެސްސީން ވަކި ގޮތަކަށް އަންގާފައިވާ ނުވާ ކަމަށް ވަނީ އެނގިފަ އެވެ.
ޖޭއެސްސީން ކުރިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ފަހު މައްސަލަ ނިމުނު ގޮތް އާންމުކުރާނެ ކަމަށެވެ.
އަދީބުގެ ދައުވާތައް ބާތިލްކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް މައްސަލައިގެ އަޑު އެހުންތައް ވަނީ ނިންމާލައިފަ އެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
"އާރަށް ދިނީ އަދި އަގު ކުޑަކުރީ ޔާމީންގެ އެންގުމަށް"
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑުކޮށްފި
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ
މަޖިލިހުން އަވަސްއަރުވާލުމަކީ އިންސާފަށް ހުރަހެއް