Roadha Mihaaru
މައުމޫން ފެކްޝަނުން ފުލުހަށް މައްސަލަ ހުށަހަޅައިފި

މައުމޫން ފެކްޝަނުން ފުލުހަށް މައްސަލަ ހުށަހަޅައިފި، އޮފީހުން އެއްޗެހިތައް ނެރެފި

28 އޮކްޓޯބަރ 2016

ޕީޕީއެމްގެ އޮފީހަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނުވަދެވި، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަދެ، އެއްޗެހިތައް ނެރެގެން ގޮސްފައިވާ އިރު، މައުމޫންގެ ފަރާތްޕުޅުން ފުލުހަށް މިރޭ މައްސަލަ ހުށަހަޅައިފި އެވެ.

މައުމޫން ފެކްޝަންގެ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ޕޮލިހަށް މައްސަލަ ހުށަހަޅުއްވަން އިސްކޮށް ވަޑައިގެންނެވީ ޔުމްނާ މައުމޫނެވެ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ޕިކަޕަކަށް އަރުވައިގެން ގެންދިއުމުގެ މަސައްކަތް ކުރަނީ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ޕިކަޕަކަށް އަރުވައިގެން ގެންދިއުމުގެ މަސައްކަތް ކުރަނީ.

މިއަދު ހަވީރު ދެ ފެކްޝަނުގެ ދެމެދުގައި ވަނީ ޒުވާބު ހިނގައިފަ އެވެ. އަދި މައުމޫން ފެކްޝަންގެ މީހުން ބެރިކޭޑުން ދުރަށް ޖެއްސި އިރު، ފުލުހުން ވަނީ ރައީސް ޔާމީނަށް ތާއީދުކުރާ ބައެއް މީހުންނަށް ޕީޕީއެމް އޮފީހަށް ވަނުމުގެ ފުރުސަތު ދީފަ އެވެ.

ރައީސް ޔާމީން ފެކްޝަންގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު އިސްކޮށް ހުންނަވައިގެން، އިތުރު ބަޔަކާ އެކު އެ އޮފީހުގެ ތެރެއިން ބައެއް އެއްޗެހި ފޮށިތަކަށް ލައި، ބަންދުކުރި އެވެ. އަދި އެ އެއްޗެހި ވަނީ ދެ ލޮރީގައި އެތަނުން ގެންގޮސްފަ އެވެ. އެ އެއްޗެހިތައް ހުސްކުރީ ދަރުބާރުގެ އަށެވެ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް ގެންދަނީ ދަރުބާރުގޭގަ އެވެ.

ޕީޕީއެމް އޮފީސް ސަރަހައްދުގައި ތިބި "މިހާރު"ގެ ރިޕޯޓަރުން ބުނާ ގޮތުގައި އެ އޮފީހަށް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވެސް ވަޑައިގެންނެވި އެވެ.

އޮފީސް ހުސްކުރުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ 15 ވަރަކަށް މީހުން ވެސް ދަނީ ބޭނުންކުރަމުންނެވެ. އެއީ އެމްޕީއެލްގެ މުވައްޒަފުން ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓަރުން ބުނެ އެވެ.

ޕީޕީއެމް އޮފީސް ތެރެއިން ނުކުމެވަޑައިގެން، ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަޑައިގަތުމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްއަދު ވިދާޅުވީ "ޕާޓީ އޮފީސް ވީމާ ހަމަ ވަދެލީ" ކަމަށެވެ.

ޕީޕީއެމް އޮފީސް ކައިރީގައި މިރޭ ފުލުހުން ހަރަކާތްތެރިވަނީ: ޔާމީންގެ ފެކްޝަނުން ޕީޕީއެމް އޮފީސް ތެރެއިން ގިނަ އެއްޗެހިތަކެއް ވަނީ ގެންގޮސްފައި - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމް އޮފީސް ކައިރީގައި މިރޭ ފުލުހުން ހަރަކާތްތެރިވަނީ: ޔާމީންގެ ފެކްޝަނުން ޕީޕީއެމް އޮފީސް ތެރެއިން ގިނަ އެއްޗެހިތަކެއް ވަނީ ގެންގޮސްފައި - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އޮފީސް ތެރެއިން ނެރުނީ ކޮން އެއްޗެހިތަކެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ އެއްޗެހިތަކެއް ނެރޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ތިމަންނައަކަށް ނޭނގެއޭ ތިކަން ވާ ގޮތެއް އެހެން އަސްއަދު ވިދާޅުވީ،" އޭނާއާ ހަވާލާ ދީ "މިހާރު"ގެ ރިޕޯޓަރަކު ބުންޏެވެ.

ރެސްޓޯރެންޓަށް އަސްއަދު ވަޑައިގަތީ އިތުރު ދިހަ ވަރަކަށް ޒުވާނުންނާ އެކުގަ އެވެ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

މައުމޫންގެ ފަޅިއަށް ނިސްބަތްވާ އެއްވެސް މީހަކަށް ޕީޕީއެމް އޮފީސް ކައިރިއަކަށް ނުދެވެ އެވެ. އެހެންކަމުން މިހާރު ޔަގީންވަނީ އެ އޮފީހުގައި ހުރި ހަރު މުދާތައް ރައީސް ޔާމީންގެ ފެކްޝަނުން އެހެން ތަނަކަށް ގެންދިޔައީ ކަމެވެ. ނެރުނު އެއްޗެހީގެ ތެރޭގައި ޕީޕީއެމްގެ ޕޯޑިއަމާއި ޕާޓީގެ ދިދަތައް ވެސް ހިމެނެ އެވެ.

މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ އެ އިމާރާތަށް ވަނުމުގެ ކޯޓު އަމުރެއް ދައްކާފައި ނުވާ ކަމަށެވެ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

ޕީޕީއެމް ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް މައުމޫން ކަމަށް ވިޔަސް، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ސިވިލް ކޯޓާއި ހައި ކޯޓުން ރައީސް ޔާމީނަށް ވަނީ ދީފަ އެވެ. އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ ކަން ބަލައެއް ނުގަތެވެ. އެހެންކަމުން ޝަރުއީ ނިޒާމުގެ ތެރެއިން މައުމޫނަށް ހޯއްދެވޭނެ އެހެން ފުރުސަތެއް މިވަގުތަކު ނެތެވެ.

ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރަން ޕާޓީ އޮފީހުގައި ރޭ މައުމޫން ބާއްވަވަން އުޅުނު ހަފުލާ އަށް ފުލުހުން ހުރަސް އެޅުމުން އެމަނިކުފާނު ވަނީ ޝީ ބިލްޑްގައި މީޑިއާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ރައީސް ޔާމީނަށް އެމަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާންކުރެއްވި އެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމް ހިންގުން ކުރިއަށް ގެންދަވާނެ ކަމަށެވެ.