26 ސެޕްޓެމްބަރ 2020
ޓެކްސް އަށް ދައްކަން ޖެހޭ އަދަދު އުފެލުންދާތީ އާއި މަގުބޫކަލަން ވެސް ދަށްކަމުން، އެމެރިކާގެ މަޝްހޫރު ސައިކަލް ކުންފުނި ހާލީ-ޑޭވިޑްސަން އިން އިންޑިއާގެ މާކެޓް ދޫކޮށްލަން ނިންމައިފި އެވެ.
ޓެކްސް އަށް ދައްކަން ޖެހޭ އަދަދު އުފެލުންދާތީ އާއި މަގުބޫކަލަން ވެސް ދަށްކަމުން، އެމެރިކާގެ މަޝްހޫރު ސައިކަލް ކުންފުނި ހާލީ-ޑޭވިޑްސަން އިން އިންޑިއާގެ މާކެޓް ދޫކޮށްލަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެންގުޅޭ ޓެކްސްގެ އުސޫލުތަކާ ދޭތެރޭ، އިންޑިއާގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ. އަދި އެ ގައުމުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ދޭތެރޭ ވެސް މިހާރު އިންވެސްޓްކޮށްފައިވާ ގިނަ ކުންފުނުތަކަށް ދެވަނަ ވިސްނުމަކަށް ދާބް ޖެހިފައިވާ ކަމަށެވެ.
ހާލީ-ޑޭވިޑަސަންގެ ހުރިހާ މަސައްކަތެއް އިންޑިއާގައި ހުއްޓާލަން ނިންމާފައި މި ވަނީ ޓެކްހުގެ މައްސަލާގައި ޖަޕާނުގެ ޓޮޔޮޓާ އިން ވެސް އެ ކުންފުނީގެ އިންވެސްޓްމަންޓްތައް އިންޑިއާގައި ދެން އިތުރުނުކުރަން ނިންމާފައި ވަނިކޮށެވެ.
BBC News - Harley-Davidson to exit world's biggest bike market https://t.co/5jZLjjbkXt
— Adhushan (@Adhushan1) September 25, 2020
މީޑިއާތަކުން ބުނި ގޮތުގައި އިންޑިއާގެ މާކެޓް ދޫކޮށްލަން ހާލީ-ޑޭވިޑްސަން ނިންމި އިރު އެ ކުންފުނިން އުތުރު އިންޑިއާގެ ބަވާލްގައި ހިންގާ ޕްލާންޓަށް މިހާތަނަށް 75 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. އެ ޕްލާންޓް ހުޅުވީ 2011 ގަ އެވެ.
ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ގައުމު އަދި އަހަރަކު 17 މިލިއަން ސައިކަލާއި ސްކޫޓަރު ވިކޭ އިންޑިއާ ދޫކޮށްލަން ހާލީ-ޑޭވިޑްސަން އިން ނިންމި އިރު، މިހާތަނަށް އެ ކުންފުނީގެ އުފެއްދުންތަކަށް އިންޑިއާ އިން މާ ބޮޑު ތަރުހީެއް ލިބެ އެވެ. އެހެންވެ އިންޑިއާގެ "ހީރޯ" ފަދަ ބްރޭންޑަތަކާއި ޖަޕާނުގެ "ހޮންޑާ" އާ ވެސް ވާދަކުރުމުގައި ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.
މީގެ ތިން އަހަރު ކުރިން އެމެރިކާގެ ޖެނެރެލް މޮޓޯ ވެސް ވަނީ އިންޑިއާގެ މާކެޓް ދޫކޮށްލައިފަ އެވެ. އަދި މިދިޔަ އަހަރުން ފެށިގެން ފޯޑުން އިންޑިއާގައި މަސައްކަތްތައް ކުރިއަށް ގެންދަނީ މަހިންދުރަ އެންޑް މަހިންދުރައާ އެކު ޖޮއިންޓްވެންޗާއެއް ހަދައިގެންނެވެ.
ފޯޑް ވެސް އިންޑިއާ ދޫކޮށްލަނީ
ކުއަޑް ސަމިޓް 2024 އޮންނާނީ އިންޑިއާގައި
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ބައިޑެންގެ އިންޒާރުން ވެސް މޯދީ ނުގުޑި
ސޯނޫ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓެސްލާ އަންނަ އަހަރު އިންޑިއާ އަށް
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި
އެޕަލް އިން އެންމެ ފަހުން އިންޑިއާގައި ފިހާރަ ހަދަނީ
އިންޑިއާ ދެކެ އެމެރިކާ ލޯބިވޭ: ޓްރަމްޕުގެ މެސެޖް