އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2ރ. ބަހަން މިއަދު ނިންމައިފި އެވެ.
27 ސެޕްޓެމްބަރ 2020
އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2ރ. ބަހަން މިއަދު ނިންމައިފި އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 2ރ. ބަހަން ފާސްކުރީ، އެމްޓީސީސީގެ ބޯޑުން އެ ގޮތަށް ނިންމައި އެކަން މިދިޔަ ޖޫން މަހު އާއްމުކޮށް އިއުލާނުކުރުމަށް ފަހު އެވެ. އެގޮތަށް ހިއްސާ ބަހަން މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީގެ ހުރިހާ ޚަރަދެއް ކެނޑުމަށް ފަހު ހިއްސާއަކަަށް މިދިޔަ އަހަރު ޖެހުނު މިލްކުވެރިކަމުގެ އަގަކީ 123.2.ރ އެވެ. އޭގެ ކުރީ އަހަރު ހިއްސާއެއްގެ މިލްކުވެރިކަމުގެ އަގަކީ 115.35.ރ އެވެ.
އެމްޓީސީން ހިއްސާއަކަށް 2ރ. ބަހަން ނިންމި އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަަހަރަށް ވުރެ 55.7 ޕަސެންޓް އިތުރެވެ.
ޖަލްސާގައި ފާސްކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 53.31 މިލިޔަން ރުފިޔާ ލިބުނެވެ. އެއީ 1.15 ބިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްގެން ލިބުނު ފައިދާ އެވެ. ވިޔަފާރިއަށް އެ ކުންފުނިން ހަރަދުވި ފައިސާ މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ދަށްވެފަ އެވެ.
އެމްޓީސީސީ އޭޖީއެމް: ބޮޑު ޑިވިޑެންޑް ގެއްލި ލަނޑެއް؟
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި
އެމްޓީސީސީން ހިއްސާއަކަށް 3ރ. ބަހަން ނިންމައިފި
އެމްޓީސީސީގެ ފައިދާ މިދިޔަ އަހަރު 55 ޕަސެންޓް އިތުރު
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި
އެމްޓީސީސީން އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ
އެމްޓީސީސީގެ ހިއްސާ އަކަށް 2.60ރ ބަހަނީ
އެމްޓީސީސީ އަށް 145 މިލިއަން ރުފިޔާގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން