28 ސެޕްޓެމްބަރ 2020
ކޮލަމްބޯ (ސެޕްޓެމްބަރު 28) - ގާތްގަނޑަކަށް 260 ޓަނުގެ ކުނި ސްރީ ލަންކާ އިން އަނބުރާ އިނގިރޭސި ވިލާތަށް ފޮނުވާލައިފި އެވެ.
ކޮލަމްބޯ (ސެޕްޓެމްބަރު 28) - ގާތްގަނޑަކަށް 260 ޓަނުގެ ކުނި ސްރީ ލަންކާ އިން އަނބުރާ އިނގިރޭސި ވިލާތަށް ފޮނުވާލައިފި އެވެ.
ލަންކާ ސަރުކާރުން ބުނެފައި ވަނީ 21 ކޮންޓެއިނަރުގެ ކުނި އެ ގައުމަށް އިނގިރޭސި ވިލާތުން އެތެރެކޮށްފައި ވަނީ ނުރައްކާތެރި ކުނިބުނި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. ކުނި ކޮންޓެއިނާތައް ލަންކާ އަށް ފުރަތަމަ އެތެރެކޮށްފައި ވަނީ ސެޕްޓެމްބަރު 2017 އާއި މާޗް 2018އާ ދެމެދު ކަމަށް ކަސްޓަމްސްގެ އޮފިޝަލުން ބުނެ އެވެ. ކުނި ކޮންޓެއިނާތަކުގައި ހުރީ ބޭނުންކޮށްފައި ހުރި ގޮދަނޑި އާއި ކާޕެޓް އަދި ރަގެވެ. އޮފިޝަލުން ބުނެފައި ވަނީ ކޮންޓެއިނާތަކުގައި، ހޮސްޕިޓަލްތަކުން އުކާލާ ކުނި ވެސް ހުރި ކަމަށެވެ.
"ކުނިތައް ފޮނުވި ފަރާތުން ވަނީ އަނބުރާ އެ ކުންޏާ ހަވާލުވާން އެއްބަސްވެފައި. ލަންކާ އަށް އެ ކުނި ކޮންޓެއިނާތައް އެތެރެކުރި މީހުންގެ ފަރާތުން ބަދަލު ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" ކަސްޓަމަސްގެ އޮފިޝަލެއް ކަމަށްވާ ސުނިލް ޖަޔަރަތުނަ ވިދާޅުވި އެވެ.
ހޮސްޕިޓަލްތަކުގެ ކުނީގެ ގޮތުގައި ކޮންޓެއިނާތަކުގައި ހުރީ ކޮން ބާވަތެއްގެ ކުންޏެއް ކަމެއް ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކުނީގެ ތެރޭގައި ބެންޑޭޖާއި މޯޗަރީތަކުން ގެނެސްފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވެސް ހިމެނެ އެވެ.
މުއްސަނިދި ބައެއް ގައުމުތަކުން އުކާލާ ކުނީގެ މަންޒިލަކަށް އޭޝިއާގެ ބައެއް ގައުމުތައް ފަހަކަށް އައިސް ހަދާފައިވެ އެވެ. މެލޭޝިއާ އިން ވެސް ޖެނުއަރީ މަހު ވަނީ 42 ކޮންޓެއިނާގެ ކުނި އަނބުރާ އިނގިރޭސި ވިލާތަށް ފޮނުވާލައިފަ އެވެ.
އާވައިރަހާ ގުޅިގެން ޔޫކޭގެ ދަތުރުވެރިން ލަންކާއަށް މަނާ
ޔޫކޭގެ ޓްރޭޑް މިނިސްޓަރަކަށް ލަންކާ ދަރިކޮޅު މީހެއް
ލަންކާ އަށް 3،000 ޓަނުގެ ކުނި، މައްސަލަ ބަލަނީ
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފި
"ގާނޫނީ ވެރިކަމަށް ރައީސް ޔާމީން ރުޖޫއަވާން އެދެން"
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލް ހުށަހަޅައިފި
ލަންކާގެ އިންތިހާބީ ޝަކުވާތަކާއެކު 190 މީހަކު ބަންދު
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި