ކޮލަމްބޯ (ޑިސެމްބަރު 23) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން އެ ގައުމުން ދަތުރުކުރާ މީހުން ސްރީ ލަންކާ އަށް އެތެރެވުން މަނާކޮށްފި އެވެ.
23 ޑިސެމްބަރ 2020
ކޮލަމްބޯ (ޑިސެމްބަރު 23) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން އެ ގައުމުން ދަތުރުކުރާ މީހުން ސްރީ ލަންކާ އަށް އެތެރެވުން މަނާކޮށްފި އެވެ.
ސްރީ ލަންކާގެ ކޮވިޑް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އިނގިރޭސި ވިލާތުން ދަތުރު ކުރާ މީހުން ލަންކާ އަށް އެތެރެވުން ވަގުތުން މަނާކުރުމަށެވެ. އިނގިރޭސި ވިލާތުން އިއްޔެ ލަންކާ އަށް ދިޔަ މީހުން ވަނީ ޕީސީއާރް ޓެސްޓް ހަދައި، ވަކި ހޮޓާތަކެއްގައި 14 ދުވަހަށް ކަރަންޓީން ކޮށްފަ އެވެ. އަދި އިތުރު 14 ދުވަހު އެ މީހުން ގޭގައި ކަރަންޓީނު ވާން ޖެހޭނެ އެވެ.
ލަންޑަނުން ދަތުރު ކުރާ ކާގޯ ބޯޓުތަކުގެ ކްރޫން ވެސް ލަންކާގައި 14 ދުވަހު ކަރަންޓީނުވާން ޖެހެ އެވެ.
އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސަސް ޗެއާމަން މޭޖާ ޖެނެރަލް ޖީއޭ ޗަންދުރަސިރީ ވިދާޅުވީ ޔޫކޭ ފްލައިޓްތައް މަނާކުރުމުގެ އިތުރުން ޔޫކޭ އިން އަންނަ މީހުން ޓްރާންސިޓް ކުރުން ވެސް މަނާވާނެ ކަމަށެވެ.
ކޮވިޑް ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ލަންކާ އަށް ވީހާވެސް އަވަހަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ސްރީ ލަންކާ ސަރުކާރުން ވަނީ މި މަހު 26 އިން ފެށިގެން ޓޫރިސްޓުންނަށް އެ ގައުމުގެ އެއާޕޯޓްތައް ހުޅުވާލާ ގޮތަށް ނިންމައިފަ އެވެ.
ލަންކާ ކެބިނެޓުގެ ތަރުޖަމާން ރަމޭޝް ޕަތިރަނަ ވިދާޅުވީ ޔޫކޭ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ފެނިގެން އުޅޭ އާ ވައިރަހާ ގުޅިގެން ލަންކާގައި ސިއްހީ ގައިޑްލައިންތައް ވަރުގަދަކުރަމުން އަންނަ ކަމަށެވެ.
ސްރީ ލަންކާ އިން މިހާތަނަށް ވަނީ 38,059 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 183 މީހުން މަރުވެފަ އެވެ.
ލަންކާ ބަޔަކު ފޯޅަވަހީގައި ހިފެހެއްޓީ ގާނޫނާ ހިލާފަށް
260 ޓަނުގެ ކުނި ލަންކާ އިން އަނބުރާ ފޮނުވާލައިފި
ޔޫކޭގެ ޓްރޭޑް މިނިސްޓަރަކަށް ލަންކާ ދަރިކޮޅު މީހެއް
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފި
"ގާނޫނީ ވެރިކަމަށް ރައީސް ޔާމީން ރުޖޫއަވާން އެދެން"
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ލަންކާ ފުލުހުންގެ ވެރިޔާ ހައްޔަރުކުރަން އުޅޭތީ ފިލައިފި
ލަންކާ ގޭންގުތަކުގެ 22 މިލިއަން ޑޮލަރު ހިފަހައްޓައިފި
ޔޫކޭގައި ވަގަށްނެގި ރަން ފާހާނާތަށި ނުފެނުނު
ލަންކާގައި މި އަހަރު ބަޑިޖެހުމުގެ 17 ހާދިސާ