Roadha Mihaaru
"އިންޑިއާ އައުޓް ކެމްޕެއިން ހިންގަނީ ހަރުކަށި ބައެއް"

އިންޑިއާ އައުޓް ކެމްޕެއިން ހިންގަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން: ނަޝީދު

07 އޮކްޓޯބަރ 2020

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"...ހަމަގައިމު ވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކަކުން ނުވަންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ މެދު ކަންބޮޑުވެގެން ގިނަ ދިިވެހިން އުޅޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅިގެން ނަޝީދު ވިދާޅުވީ ގައުމުގެ ސަލާމަތަށްޓަކައި ބޭރު ސިފައިން ތިބުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޔޫރަޕާއި ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި ބޭރުގެ އަސްކަރިއްޔާއެއް ތިބޭނެ. މިއީ ލާމެހިފައިވާ ދުނިޔެއެއް. މި ދުނިޔޭގައި ހިނގާ ކަންކަން އިންސާފުވެރިކަމާ އެކީގައި ހައްލު ކުރުމަށްޓަކައި އޭގައި ބައިވެރިވާން އެބަޖެހޭ އެތައް ގައުމަކުން،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރާ އެކު ހަރަކާތްތެރިވާ ސިފައިން ތިބުމާއި އަސްކަރީ ގޮތުން އިންޑިއާއިން ރާއްޖެއާ އެކު ގުޅުން ބަދަހި ކުރަން ފެށުމުންނެވެ. އެކަމަކު ސަރުކާރުން ބުނަމުން ދަނީ ހަތިޔާރު އެޅި ބޭރުގެ ސިފައިންނެއް ރާއްޖެއަކު ނެތް ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ބަލި މީހުން އުފުލުމާއި ސަލާމަތީ އޮޕަރޭޝަންތައް ހިންގުން ފަދަ އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކަމަށެވެ.