08 އޮކްޓޯބަރ 2020
ޕެރިސް (އޮކްޓޫބަރު 8) – ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޕޯޗުގަލާއި ސްޕެއިން 0-0 އިން އެއްވަރުވިއިރު އިޓަލީ އަދި ފްރާންސް ކުޅުނު މެޗުތަކުން ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
ޕެރިސް (އޮކްޓޫބަރު 8) – ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޕޯޗުގަލާއި ސްޕެއިން 0-0 އިން އެއްވަރުވިއިރު އިޓަލީ އަދި ފްރާންސް ކުޅުނު މެޗުތަކުން ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
އިޓަލީ މޮޅުވީ އަމިއްލަ ދަނޑުގައި މޯލްޑޮވާ އަތުން 6-0 އިންނެވެ. މި މެޗުގައި އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ ވަރަށް ގިނަ ކުޅުންތެރިން ޓެސްޓްކޮށްފަ އެވެ. އެގޮތުން ޒުވާން ގިނަ ކުޅުންތެރިން ހިމެނުނު މި މެޗުގައި ކެޕްޓަންކަންކުރީ ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅޭ ސްޓެފަން އައް ޝާރަވީ އެވެ. އޭނާ ދެ ލަނޑު ޖެހި އެވެ. ބާކީ ހަތަރު ލަނޑުގެ ތެރެއިން އެއް ލަނޑަކީ މޯލްޑޮވާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ތިން ލަނޑު ޖެހީ ބްރަޔަން ކްރިސްޓޭން އާއި ފްރަންސެސްކޯ ކަޕޫޓޯ އަދި ޑޮމެނިކޯ ބެރާޑީ އެވެ.
ފްރާންސް މޮޅުވީ ޔޫކްރޭން އަތުން އަމިއްލަ ދަނޑުގައި 7-1 އިންނެވެ. އޮލިވާ ޖިރޫ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި އޭނާ އަށް ކެޕްޓަން ބޭންޑް ދިންއިރު އޭނާ ވަނީ ދެ ގޯލް ޖަހައިފަ އެވެ. ގައުމީ ޓީމުގެ ޖުމްލައަކީ 42 ގޯލެވެ. އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ތިއަރީ އޮންރީއާ ހަމަކުރަން ބޭނުންވަނީ ނުވަ ގޯލެވެ.
ފްރާންސްގެ 17 އަހަރުގެ އެޑުއާޑޯ ކަމަވިންގާ ލަނޑު ޖަހައި ވަނީ ގަރުނެއްގެ ތެރޭ ފްރާންސަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށް ވެފަ އެވެ. މީގެ އިތުރުން ކޮރެންޓިން ޓޮލިސޯ، ކީލިއަން އެމްބާޕޭ އަދި އެންޓޮއިން ގްރިޒްމަން ތެރެއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހި އެވެ. އަނެއް ލަނޑަކީ ޔޫކްރޭނުގެ ވިޓާލީ މައިކޮލެންކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔޫކްރޭންގެ ޝަޕަރެންކޯ (މ) އަތުން ބޯޅަ ހޯދަން ފްރާންސްގެ ޕޮގްބާ (ކ) އާއި ގްރިޒްމަން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ސްޕެއިނާއި ޕޯޗުގަލް ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޕޯޗުގަލް ޔާއޯ ފެލިކްސް އަށެވެ. ގޯލް ރޮނގު މަތިން ވައްދާލަން ލިބުނު ބޯޅަ އޭނާގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.
ރޭ ތުރުކީ ވަނީ ފަހު ވަގުތު ޖަރުމަނާ 3-3 އިން އެއްވަރުކޮށްފަ އެވެ. ހޫލިއަން ޑްރެޒްލާ 45 ވަނަ މިނެޓުގައި ޖަރުމަނަށް ކުރި ހޯދައިދީފައިވަނިކޮށް ތުރުކީ އަށް 49 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އޮޒަން ޓުފާން އެވެ. އޭގެ ފަހުން 58 ވަނަ މިނެޓުގައި ޖަރުމަނުގެ ފްލޮރިއަން ނީހުއަސް އަލުން ލީޑުނަގައިދިފައިވަނިކޮށް ތުރުކީ އަށް އަލުން އެއްވަރުކޮށްދިނީ 67 ވަނަ މިނެޓުގައި އެފެކަން ކަރަކާ އެވެ. ޖިއަން ލޫކާ ވަލްޑްޝްމިޓް 81 ވަނަ މިނެޓުގައި ޖަރުމަނަށް ތިން ވަނަ ފަހަރަށް ކުރި ހޯދައިދިނުމުން އެ ޓީމު މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް 90 ވަނަ މިނެޓުގައި ކެނަން ކަރަމަން ވަނީ ތުރުކީ އަށް އެއްވަރުކޮށްދީފަ އެވެ.
ޖަރުމަން ކޮޅަށް ހަ ގޯލު ޖަހައި ސްޕެއިން ސެމީ އަށް
ސްޕެއިން އެއްވަރުވިއިރު، ފްރާންސް ފައިނަލް ބުރަށް
ބެލްޖިއަމް ބަލިކޮށް އިންގްލެންޑް އެއް ވަނަ އަށް
އާ ކޯޗުންގެ ކުރިމަތިލުން ސްޕެއިން ކާމިޔާބުކޮށްފި
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި