ބްރެސެލްސް، ބެލްޖިއަމް (ސެޕްޓެމްބަރު 2) - ރޭ ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުން ސްޕެއިނާއި ފްރާންސް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ އެވެ.
02 ސެޕްޓެމްބަރ 2016
ބްރެސެލްސް، ބެލްޖިއަމް (ސެޕްޓެމްބަރު 2) - ރޭ ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުން ސްޕެއިނާއި ފްރާންސް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ އެވެ.
ރަށުންބޭރުގައި ކުޅެ ސްޕެއިން މޮޅުވީ ބެލްޖިއަމް އަތުން 2-0 އިންނެވެ. އިޓަލީ އަތުން 3-1 އިން ފްރާންސް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކުޅެ ނެދަލެންޑަސް ވަނީ 2-1 އިން ގްރީސް އަތުން ބަލިވެފަ އެވެ.
ރޭގެ މެޗަކީ ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒާއި ސްޕެއިންގެ ކޯޗު ޖުލެން ލޮޕެޓެގީ އެ ދެ ޓީމާ ހަވާލުވުމަށް ފަހު ނުކުތް ފުރަތަމަ މެޗެވެ. ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ. މި މެޗުން ބަލިވުމުން ބެލްޖިއަމް ސަޕޯޓަރުން ވަނީ މާޓީނޭޒަށް ނުރުހުން ފާޅުކޮށްފަ އެވެ.
އިޓަލީގެ އާ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ އެ ޓީމާ ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ރޭ ފްރާންސް ވަނީ އެ ޓީމުގެ މައްޗަށް ކުރިހޯދައިފަ އެވެ. ފްރާންސްގެ ލަނޑުތައް ކާމިޔާބުކުރީ އޮލިވިއޭ ޖިރޯ އާއި އެންތަނީ މާޝިއަލް އަދި ލޭވިން ކުރްޒާވާ އެވެ. އިޓަލީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ގްރަޒިއާނޯ ޕެލާ އެވެ. މި މެޗުގައި އިޓަލީގެ އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ ދެ ވަނަ ހާފުގައި ގޯލް ބަލަހައްޓައިފަ އެވެ.
މި ފަހަރު ޔޫރޯ އަށް ވެސް ކޮލިފައިނުވި ނެދަލެންޑަސް ރޭ ގްރީސްއާ ދެކޮޅަށް ފުރަތަމަ ލަނޑު ޖެހި އެވެ. ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ލިވަޕޫލްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ގްރީސް މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކުރީ ކޮންސްޓަންޓް މިޓްރޮގްލޫ އާއި ޖިއަންނިސް ޖިއަނީޓޯސް އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް ވަނީ 5-0 އިން ގިބްރޯލްޓާ ބަލިކޮށްފަ އެވެ.
ޕޯޗުގަލް-ސްޕެއިން އެއްވަރުވެ، އިޓަލީ އާއި ފްރާންސަށް ބޮޑު މޮޅެއް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
އޮސްޓްރިއާ އަށް އެއްވަނަ، ފްރާންސަށް މޮޅެއް ނުވެވުނު
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް
ޔޫރޯ 24: އިޓަލީއަށް ސްޕޭން، ފްރާންސަށް ނެދަލެންޑްސް
އިޓަލީ އަށް ނުވި، ސްޕެއިން އަނެއްކާ ވެސް ފައިނަލަށް