Roadha Mihaaru
ހޯމް ސެންޓަރުގެ "ބިޔަ ބޮޑު" ސޭލް ފަށައިފި

ހޯމް ސެންޓަރުގެ "ބިޔަ ބޮޑު" ސޭލް ފަށައިފި

11 އޮކްޓޯބަރ 2020

ގޭތެރެއާ ބަދިގެ ސާމާނު ވިއްކަމުން އަންނަ ހޯމް ސެންޓާއިން "ބިޔަ ބޮޑު ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގޭތެރެއާ ބަދިގެ ސާމާނު ވިއްކަމުން އަންނަ ހޯމް ސެންޓާއިން "ބިޔަ ބޮޑު ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ހޯމް ސެންޓާއިން ވިއްކާ ހުރިހާ އުފެއްދުމަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ހޯމް ސެންޓާގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ބުނީ މިއީ ގެއަށް ބޭނުންވާ ސާމާނު އެންމެ އަގުހެޔޮކޮށް ލިބޭނެ ޕްރޮމޯޝަނަށް ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރު ކޮށްފައިވާއިރު މިފަދަ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ކަސްޓަމަރުންނަށް އެންމެ ކުޑަ އަގެއްގައި ގެއަށް ބޭނުންވާ ސާމާނު މިހާރު ލިބެން ހުންނާނެ. މި ސޭލުގެ ސަބަބުން ގިނަ ބަޔަކަށް ގެެއަށް ބޭނުންވާ ސާމާނު ހޯދަން އިތުރު ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" އާސިފް ބުންޏެވެ.

ހޯމް ސެންޓާއިން "ޕެނެސޮނިކް" އާއި "ބެކޯ" ބްރޭންޑުގެ ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެ އެވެ. މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ޓީވީ ފަދަ ތަކެތި ވެސް ވިއްކަ އެވެ.