Roadha Mihaaru
ލޮޓަސް ބައިކްސްގައި ޖީއެން ސައިކަލް ސޭލެއް

ލޮޓަސް ބައިކްސްގައި ޖީއެން ސައިކަލް ސޭލެއް

12 ނޮވެމްބަރ 2019

ލޮޓަސް ބައިކްސް އިން ސުޒުކީ ޖީއެން 125 އެޗްގެ ހާއްސަ ސޭލެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލޮޓަސް ބައިކްސް އިން ސުޒުކީ ޖީއެން 125 އެޗްގެ ހާއްސަ ސޭލެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި ޖީއެން ސައިކަލް ރަޖިސްޓްރޭޝަން ފީއާއެކު 42،500ރ. އަށް ލިބޭނެ އެވެ. މިއީ މި ސައިކަލްތައް ލިބެން ހުންނަ އަގާ އަޅާބަލާއިރު 2،500ރ. ކުޑަ އަގެކެވެ.

މި ސޭލްގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމްއެފްއެލްސީގެ ކްރެޑިޓް ސްކީމް މެދުވެރިކޮށް އިންސްޓޯލްމަންޓަަށް ސައިކަލު ނަގަން ބޭނުންވާ މީހުންނަށް ހަމަ އެ އަގުގައި ސައިކަލް ލިބޭނެ އެވެ.

އެ ފިހާރައިން މި މޮޑެލްގެ ރަތާއި ކަޅު ކުލަ ލިބެން ހުންނާނެ އެވެ.

ބުރުޒު މަގު، ލޭބާ ރިލޭޝަންސް އޮތޯރިޓީ ކައިރީގައި ހުންނަ ލޮޓަސް ބައިކް ޝޮޕަށް ގޮސްގެން ސައިކަލާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.

ލޮޓަސް ބައިކްސް އިން ބުނީ "ނޮވެމްބަ ސޭލް" ގެ ނަމުގައި ފެށި މި ސޭލް ކުރިއަށް ގެންދަނީ އަގު ހެޔޮކޮށް ޒުވާނުންނަށް ޖީއެން ލިބޭނެ ގޮތް ހަދަން ކަމަށެވެ. ޖީއެން ސައިކަލް ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލެވެ.