އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ ބޮޑުކޮށް، އިތުރު ވަސީލަތްތަކެއް ގާއިމްކުރުމަށް ފަހު މިއަދު ހުޅުވައިިފި އެވެ.
30 އޮކްޓޯބަރ 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ ބޮޑުކޮށް، އިތުރު ވަސީލަތްތަކެއް ގާއިމްކުރުމަށް ފަހު މިއަދު ހުޅުވައިިފި އެވެ.
ޑޮމެސްޓިކް ޓާމިނަލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޖާގަ ބޮޑުކުރި ސަރަހައްދު ހުޅުވައިދެއްވީ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
އެ އަށް ފަހު، އާދިލް ނޫސްވެރިންނަށް ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލަށް މައިގަނޑު ތިން ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން، ބޯޑިން ގޭޓުތައް ހުންނަ ސަރަހައްދުގައި ކުރިން ހުރި 90 ގޮނޑީގެ އިތުރުން 70 ގޮނޑި އަދި ޓާމިނަލަށް ވަދެ ތިބޭ ވެއިޓިން އޭރިއާގައި އިތުރު 50 ގޮނޑި ޖަހާފައި ވާއިރު، ސެކިއުރީޓީ ޗެކް ކުރުމަށް މިހާރު ދެ މެޝިން ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވައިފައިގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
""މި ކަންކަމުގެ ސަބަބުން ޕެސެންޖަރުންނަށް ޑޮމެސްޓިކް ޓާމިނަލްގެ ތެރެއިން ވަރަށް ގިނަ ފަސޭހަތަކެއް މިހާރު ވަނީ ތަނަވެސްވެފައި،" އާދިލް ވިދާޅުވި އެވެ.
އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ ބޮޑުކުރުމަށް ފަހު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އިތުރު ގިނަ އެއާޕޯޓްތަކާއި ރިސޯޓްތައް ހުޅުވަމުން އަންނައިރު، އެތެރޭގެ އުދުހުންތަކުގެ އަދަދު ވެސް ވަރަށް ބޮޑަށް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، މިހާރު ގެނެސްފައިވާ ބަދަލުތަކުގެ އިތުރުން ވެސް، ލަގެޖް ބެލްޓުގެ އަދަދު އިތުރުކޮށް، ޑޮމެސްޓިކް ފްލައިޓްތަކަށް ދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އާދިލް ވިދާޅުވީ މިހާރު ބޭނުންކުރާ ޑޮމެސްޓިކް ޓާމިނަލް ވަރަށް ކުޑަ ކަމަށެވެ. އެއާޕޯޓް ތަރައްގީ ކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން އާ ޓާމިނަލް ހެދުމާ އެކު، މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން، ޑޮމެސްޓިކް ޓާމިނަލްގެ ޖާގައިގެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި ކުރަމުން މި ދަނީ މައި އެއާޕޯޓްގެ މަޝްރޫއު އެކަންޏެއް ނޫން. މިއާ އެކު، އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ވެސް މި ދަނީ ކުރަމުން،" އާދިލް ވިދާޅުވި އެވެ.
އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގައި ޖަހާފައިވާ އާ ގޮނޑިތައް: މި ތަނުގެ ޖާގަ ވަނީ ބޮޑުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހޭދަކުރާ މި މަޝްރޫއުގެ ދަށުން އާ ޓާމިނަލަކާއި އާ ރަންވޭއެއްގެ އިތުރުން ކާގޯ ޓާމިނަލަކާއި ފިއުލް ފާމް ފަދަ އިތުރު ވަސީލަތްތައް ވެސް އެއާޕޯޓްގައި ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.
ޑޮމެސްޓިކް އެއާލައިންތަކަށް ލުޔެއް ނެތުމުން ކަންބޮޑުވުން
ސީޒަނަށް އެއާލައިންތަކުން ބޮޑެތި ބޯޓުތަކަށް ބަދަލުކުރަނީ
މުއްދަތު ހަމަވެފައިވާ އައިޑީ ބޭނުން ނުކުރެވޭނެ
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
ޑޮމެސްޓިކް ދަތުރުތަކަށް ވިލާ އާއި މަންޓާ ވެސް ތައްޔާރު
އެމްއޭސީއެލް އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށައިފި