31 އޮކްޓޯބަރ 2016
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާއިރު އޭނާ އަށް ފަރުވާ ނުދިނުމަކީ ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާއިރު އޭނާ އަށް ފަރުވާ ނުދިނުމަކީ ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހްލޫފް އާލާސްކަންފުޅާ އުޅުއްވާ ކަމަށް އާއިލާ އިން ބުނާ ކަމަށެވެ. އެހެންވެ ފަރުވާ އަށް އޭނާ ގެއަށް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަރުވާ ކުޑަކުރުމަކީ ވެސް ދެވޭ އަނިޔާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
MP Mahloof balive ulhuvvakamah aaila in vidhalhuvey. Faruva ah geyah badhalu kuranjehey. MCS in mikamuga faruva kudakurumee dhevey aniyaa eh
— Mohamed Nasheed (@MohamedNasheed) October 30, 2016
ނަޝީދުގެ ޓުވީޓް.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި މަހުލޫފް ޖަލަށް ގެންދިޔަ ފަހުން އެލާޖިކްވުމުގެ މައްސަލަތައް ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުރާނަ އަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ތިން މަސް ވީއިރު ވެސް، ނަޒޫ ވިދާޅުވި ގޮތުގައި، މަހްލޫފްގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުދެ އެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
މަހްލޫފާ ދޭތެރޭ ކަންކަން ކުރަމުންދާ ގޮތް އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
މަހްލޫފް ޖަލަށް ހުކުމްކޮށްފައި ވަނީ، މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތްކަން ސާބިތުވެގެންނާއި ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ. ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހަށެވެ.
ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ނަޝީދު ކުރައްވާ އިސްލާހީ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައި މަހްލޫފް ނެރުއްވި ބަޔާނުގައި، ގައުމަށް ހެޔޮއެދޭ ހުރިހާ އެންމެން އެ މަސައްކަތުގައި ބައިވެރިވާން ގޮވާލެއްވި އެވެ.
މަހްލޫފް ވިދާޅުވީ ޖަލު ގޮޅީގައި އޭނާ ހޭދަކުރައްވަނީ ހިތްދަތި ދުވަސްތަކެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އެހެން އެއްވެސް މެމްބަރަކު އެ އަނިޔާ ތަހައްމަލް ކުރައްވަން އެދިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދޭ އަނިޔާއާ ދެކޮޅަށް ތެދުވަން މަހްލޫފް ވަނީ މެމްބަރުންނަށް ގޮވާލައްވައިފަ އެވެ.
މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރެއް
މަހްލޫފް ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް
މަހުލޫފްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާ ބުދަ ދުވަހު
މަހުލޫފްގެ ބަންދަށް ފަސް ދުވަސް