25 އޮކްޓޯބަރ 2020
ސީޝެލްގެ ރިޔާސީ އިންތިހާބު އިދިކޮޅު ލިންޔޮން ޑިމޮކްރެޓިކް ސެލެސްވާ (އެލްޑީއެސް) ކޯލިޝަނުން ކާމިޔާބު ކުރުމުން، އެ ގައުމުގެ ނައިބު ރައީސަކަށް އައްޑޫ އަބްދުﷲ އަފީފުދީދީގެ ދަރިކަލަކު އިންތިހާބު ވެއްޖެ އެވެ.
ސީޝެލްގެ ރިޔާސީ އިންތިހާބު އިދިކޮޅު ލިންޔޮން ޑިމޮކްރެޓިކް ސެލެސްވާ (އެލްޑީއެސް) ކޯލިޝަނުން ކާމިޔާބު ކުރުމުން، އެ ގައުމުގެ ނައިބު ރައީސަކަށް އައްޑޫ އަބްދުﷲ އަފީފުދީދީގެ ދަރިކަލަކު އިންތިހާބު ވެއްޖެ އެވެ.
އާބާދީގައި ލައްކައެއްހާ މީހުން އުޅޭ ސީޝެލްސްގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެލްޑީއެސްގެ ރިޔާސީ ކެންޑިޑޭޓް ރަމްކަލަވާން އާއި ރަނިން މޭޓް އަހުމަދު އަފީފަށް ރިޔާސީ އިންތިހާބުގައި 55 ޕަސެންޓު ވޯޓު ލިިބިވަޑައިގަތެވެ. އިދިކޮޅު ކެންޑިޑޭޓުންގެ ގޮތުގައި އެ ދެބޭފުޅުން އައްްޔަން ކުރީ މިދިޔަ އަހަރު އެވެ. ސީޝެލްސްގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޝީޝެލްގެ ނައިބު ރައީސަކަށް އިންތިޚާބުވި އަހުމަދު އަފީފުގެ ބައްޕާފުޅު އަބްދުﷲ އަފީފަކީ ރާއްޖޭގެ ދެކުނުގައިި ސުވައިދީބްގެ ނަމުގައި ވަކި ވެރިކަމެއް ގާއިމްކުރުމުން ދިވެހި ސަރުކާރުން ދިން އަދަބުތަކަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސް އަށް ގެންދިޔަ ބޭފުޅެކެވެ. އޭނާގެ އާއިލާ އޭރުއްސުރެ ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ. އާއިލާގެ ބައެއް ބޭފުޅުން ވެސް ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. ބައްޕާފުޅު އަބްދުﷲ އަފީފު ދުނިޔޭގައި ހުންނެވިއިރު ވެސް 2-3 ފަހަރަކު ރާއްޖެ ވަޑައިގެން އުފަން އައްޑޫގައި އާއިލާގެ ބޭފުޅުންނާ އެކު ދުވަސްތައް ހޭދަކުރެއްވި އެވެ.
ސީޝެލްސްގެ ޕާލަމެންޓް، ނެޝަނަލް އެސެމްބްލީގެ ވެބްސައިޓްގައިވާ މައުލޫމާތުން އެނގޭ ގޮތުގައި އަހުމަދު އަފީފަކީ އެ ގައުމުގެ ސެންޓްރަލް ބޭންކްގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، ގިނަ އެހެން މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ނެޝަނަލް އެސެމްބްލީ އަށް އިންތިހާބުވީ 2016 ވަނަ އަހަރު އެވެ.
ސީޝެލްސްގެ ނޫހަކަށް އަހުމަދު އަފީފް ކުރިން ދެއްވާފައިވާ އިންްޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ބުރަ މަސައްކަތް ކުރައްވައި ކާމިޔާބު ކުރެއްވުމުގެ ބޮޑު ބަޔަކީ އޭނާގެ މައިންބަފައިންގެ ފަރާތުން ދަސްކުރެއްވި އަޚުލާގެވެ.
ރާއްޖެ-ސީޝެލްސްގެ ވައިގެ ދަތުރުތައް ފަށައި ވިސާ ދެނީ
ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގެންފި
ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް
އަންހެން ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތް އެއްބަސްވުމެއް
ސީޝެލްސްއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރަނީ
ރައީސް ސީޝެލްސް އަށް ފުރާވަޑައިގެންފި
ރައީސް ސީޝެލްސް އަށް ވަޑައިގަންނަވަނީ
އަފީފުގެ ދަރިކަލަކަށް ސީޝެލްސްގެ މަޖިލީހުގެ ނައިބުކަން
ސީޝެލްސްގައި ދިވެއްސަކު ތަޖުރިބާކުރި ދިރިއުޅުން