Roadha Mihaaru
ރައީސް ސީޝެލްސް އަށް ފުރާވަޑައިގެންފި

ރައީސް ސީޝެލްސް އަށް ފުރާވަޑައިގެންފި

01 އޯގަސްޓް 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ، ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް، ސީޝެލްސް އަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި، މަތީ ފެންވަރުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ސީޝެލްސް އަށް ވަޑައިގަތުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވީ، އެ ގައުމުގެ ރައީސް ޑެނީގެ މަންދޫބެއްގެ ހައިސިއްޔަތުން، ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް، މުހައްމަދު އަފީފް ދާދި ފަހުން ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސީޝެލްސް އަށް ފުރާވަޑައިގެންނެވި އިރު، މިއީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއް ކުރައްވާ ހަތް ވަނަ ގައުމެވެ.

އެމަނިކުފާނު މީގެ ކުރިން ވަނީ އިންޑިއާ، ސްރީ ލަންކާ، މޮރިޝަސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސައުދީ އަރަބިއްޔާ އަދި ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.