Roadha Mihaaru
އަދާލަތު ޕާޓީގެ ކޮންގްރެސް ފެބުރުއަރީގައި ބާއްވަނީ

އަދާލަތު ޕާޓީގެ ކޮންގްރެސް ފެބުރުއަރީގައި ބާއްވަނީ

28 އޮކްޓޯބަރ 2020

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އަދާލަތު ޕާޓީގެ ކޮންގްރެސް އަންނަ ފެބުރުއަރީ މަހު ބާއްވަން އިއުލާންކޮށްފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އަދާލަތު ޕާޓީގެ ކޮންގްރެސް އަންނަ ފެބުރުއަރީ މަހު ބާއްވަން އިއުލާންކޮށްފި އެވެ.

އެ ޕާޓީން ބުނި ގޮތުގައި ފެބުރުއަރީ 26 އާއި 27 ގައި ބާއްވާ ކޮންގްރެސްގައި އެކި މަގާމްތަކަށް މީހުން ހޮވާނެ އެވެ. އޭގެތެރޭގައި ޕާޓީގެ ރައީސާއި ނައިބު ރައީސާއި ދާއިރާތަކުގެ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީއަށް މީހުން އިންތިޚާބުކުރާނެ ކަަމަށް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ކޮންގްރެސްއަކީ އެ ޕާޓީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ އިސް ރުކުނެވެ. މި ބައްދަލުވުމުގައި، އިލްމުވެރިންނާއި މަޝްވަރާ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން އެކި ދާއިރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަދާލަތުން ބުންޏެވެ.

ވެރިކަމުގައި ހިއްސާ އޮތް އަދާލަތު ޕާޓީގެ ރައީސަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ވެސް އެ ޕާޓީގެ މެމްބަރުން އެބަތިއްބެވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާގޮތުގައި އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި 6،600 އަށް ވުރެން ގިނަ މީހުން ރަޖިސްޓްރީވެފައިވެ އެވެ.