Roadha Mihaaru
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން

ޕާޓީތަކަށް ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި ފިނޭންސުން ވާހަކައެއް ނުދެއްކި!

14 ސެޕްޓެމްބަރ 2017

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު މި އަހަރު ނިމެން ތިން މަހަށް ވެފައިވާއިރު ވެސް ޕާޓީތަކަށް ފައިސާ ދުލެއް ނުކުރެ އެވެ.

މި މައްސަލާގައި އިދިކޮޅު ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފައިސާ ދޫނުކޮށްގެން ޕާޓީތަކުގެ އިދާރީ ބައެއް ކަންކަމަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި، ފައިސާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި ފިނޭންސުން މިނިސްޓްރީން ވަކި އެއްޗެއް ނުބުންޏެވެ.

ޕާޓީތަކުން ބުނިގޮތުގައި ފައިސާ ނުދީ ލަސްކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ.

ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.

ވެރިކަން ކުރާ ޕީޕީއެމަށް އީސީން ވަނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދިންއިރު ޕީޕީއެމްގެ ކޯލިޝަން ޕާޓީ އެމްޑީއޭ އަށް ލިބެންޖެހޭ 2.8 މިލިއަން ރުފިޔާ އާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ 2.7 މިލިއަން ރުފިޔާ ވެސް ވަނީ ޖަމާކޮށްދީފަ އެވެ. މިދިޔަ އަހަރު ވެސް ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނީ ބައެއް ޕާޓީތަކުން ބޮޑެތި ފާޑު ކިޔުންތަކެއް އީސީ އަށް އަމާޒުކުރުމުންނެވެ.