މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު އަމަލު ކުރާނެ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވަލައި މިއަދު އިފުތިތާހު ކޮށްފި އެވެ.
05 ނޮވެމްބަރ 2020
މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު އަމަލު ކުރާނެ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވަލައި މިއަދު އިފުތިތާހު ކޮށްފި އެވެ.
އިމިގްރޭޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އިމިގްރޭޝަނުން އާ ސްޓެރެޓިޖިކް އެކަޝްން ޕްލޭނެއް އެކުލަވާލާފައިވާއިރު އެންމެ ފަހުން މިފަދަ ޕްލޭނެއް ތައްޔާރު ކޮށްފައި ވަނީ 2008 ގަ އެވެ.
އިިމިގްރޭޝަނން ބުނިގޮތުގައި އާ އެކްޝަން ޕްލޭނަކީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ ވައުދުތަކާ އެއްގޮތްވާ ގޮތަށް އެކުލަވާލައިފައިވާ ޕްލޭނެކެވެ. އެ އިދާރާ އިން ބުނީ އެ ޕްލޭނުގެ މަގްސަދަކީ ދުރުރާސްތާގެ އަމާޒަކަށް ވާސިލުވުމަށް އިމިގްރޭޝަނުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ޕްލޭނަކާ އެއްގޮތަށް މަސައްކަތްތައް ތަންފީޒު ކުރުން ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، އެ ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާ އަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެއީ އިމިގްރޭޝަންގެ ހިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން، އިމިގްރޭޝަން އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމްތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުން، އަދި ވަޔާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެ އިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ މައިގްރޭޝަން ނިޒާމު އިތުރަށް ތަރައްޤީގީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާއިން ބުނިގޮތުގައި އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަކީ ކުރިއާލައި ރާވައި ވަކި އިންތިޒާމެއްގެ ދަށުން ކުރާ ކަންކަމަށް ވުމުން އިދާރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ވާނެ އެވެ.
ހިއުމަން ޓްރެފިކިންގެ "ދާދާ"އިން ހޯދުން އަވަސްކުރޭ!
ބިދޭސީން އެތެރެކުރުމުގެ "ވައްކަން" މާ ބޮޑު: ފައްޔާޒް
ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން: އިހުސާން
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
ޝަމްއާން، ގަވާއިދާހިލާފު ނުވާން އަންގަވާ: ހެކި
އިމިގްރޭޝަންގެ އަލްސަންގެ މައްޗަށް ދެ މަހުގެ ހުކުމެއް
އިމިގްރޭޝަން ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
ޝަމްއާނަށް ކުރާ ދައުވާތަކަކީ ސިޔާސީ ފިލްމެއް: ވަކީލް
އިމިގްރޭޝަނުން އަނެއްކާވެސް ވޯކްއިން އިންޓަވިއުއެއް
ހުރިހާ އަތޮޅަކުން އައިޑީ/ޕާސްޕޯޓްގެ ވައުދު ފުއްދައިފި