06 ނޮވެމްބަރ 2020
ދުނިޔޭގައި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯހަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހޮވިއްޖެ އެވެ.
ދުނިޔޭގައި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯހަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހޮވިއްޖެ އެވެ.
މިހާތަނަށް ރާއްޖޭގައި މި ލައިސަންސް ހާސިލްކުރީ ދެ ދިވެހި ކޯޗުންނެވެ. އެއީ އެންމެ ފުރަތަމަ މި ލައިސަންސް ނެގި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި ދާދި ފަހުން މި ކޯސް ފުރިހަމަކުރި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިދިޔަ ޖުލައި މަހު ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި މި ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ ޕްރޯ ލައިސަންސް ކޯޗުންގެ އަދަދު ފަހަކަށް އެރުވުން ހިމެނެ އެވެ. ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޓާގެޓަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ސުޒޭން އާއި އިންމަ އަށް މަރުހަބާ ކިޔާފައިވެ އެވެ.
Our target to increase the number of Pro-License coaches in the Maldives, it is my pleasure to announce @alisuzain and @IsmailMahfooz are chosen for the 2021 AFC Pro license coaching course.
— Bassam Adeel Jaleel (@bassam_jaleeI) November 6, 2020
Congratulations ??#towardsfuture ??@MaldivesFA
ބައްސާމް ކުރެއްވި ޓްވީޓް
އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ. ޕްރޯ ލައިސަންސް ކޯސް ކުރިއަށްދަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.
ވިކްޓަރީ އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ސުޒޭން ކޯޗިން ކެރިއަރު ފެށީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވިކްޓަރީންނެވެ. އެންމެ ފުރަތަމަ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެށިއިރު 2002 ވަނަ އަހަރު ވިކްޓަރީން ތަށި މިލްކުކުރިއިރު އޭނާ ކޯޗިންގައި މުހިއްމު ދައުރެއް އަދާކުރި އެވެ. ފަހުން ހެޑްކޯޗުކަމާ ހަވާލުވެ އެ ޓީމަށް ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދި އެވެ.
ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް ފުރި ސުޒޭން 2012 ވަނަ އަހަރަށް ފަހު ވިކްޓަރީން ވަކިވެ އެފްއޭއެމުގައި ވެސް މަސައްކަތްކުރި އެވެ. އޭނާ ކޯޗިންގެ ތެރެއަށް އެނބުރި އައީ 2014 ވަނަ މާޒިޔާއާ އެކު އެވެ. ސުޒޭން ވަނީ މާޒިޔާ އަށް 2016 ވަނަ އަހަރގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ މާޒިޔާގެ އެންމެ ކާމިޔާބު ކޯޗަށެވެ. އޭގެ ފަހުން ސުޒޭން ފެނުނީ ވިކްޓްރީ އާއި ގދ. ތިނަދޫ އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ބެންޗުންނެވެ. ގައުމީ ޓީމާ ހަވާލުވީ މި އަހަރު ކުރީކޮޅުގަ އެވެ.
މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި އިރުއްސުރެން އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. ތަށްޓައް ބަލާއިރު މާޒިޔާގައި އިންމަގެ ހަމައެކަނި ކާމިޔާބަކީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ. އިންމަ ފަހުން ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށްފަ އެވެ. އޭރު ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުއްލި އެވެ. އޭގެ ތެެރެއިން އެއް ފަހަރަކީ ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗެކެވެ.
އިންމަ މިހާރު ކޯޗުކޮށްދޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ މިދިޔަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ ވަނީ މާޒިޔާ އަށް ކޯޗުކޮށްދީފަ އެވެ. އެއީ 2017 ވަނަ އަހަރުގެ ސީޒަނުގެ ފަހު ކޮޅުގައި އެ ޓީމާ ހަވާލުވި ގޮތަށް 2018 ވަނަ އަހަރުގެ ސީޒަން ނިމެންދެންނެވެ.
ކޯޗިންގެ އެންމެމަތީ ފާސް ސުޒޭން، ނިޒާމްބެ، އިންމައަށް
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
ސުޒޭނާއި ކުރީގެ އެސިސްޓެންޓް ކޯޗުގެ ބަހުގެ ހަމަލާތަކެއް
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ދިވެހި ކޯޗިން ޓީމާމެދު އޮތް އިތުބާރު ބޮޑު
ސާފް ޗެމްޕިއަންޝިޕަށް އިންމަގެ ތަޖުރިބާ މުހިންމު
ގައުމީ ޓީމަށް ދިވެހި ކޯޗުން، ރަނގަޅު ނިންމުމެއް؟
ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން
ލީގު މުޅި ރާއްޖެ އަށް: ސުޒޭންގެ އުއްމީދު ބޮޑު
"މިއީ ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކުރަންވީ ވަގުތު"