11 ނޮވެމްބަރ 2020
ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މި އަންނަނީ 1968 ގައި ފެށި ޖުމްހޫރީ ވެރިކަމާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެ އިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ. އެކަމަކު 2013ގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދި އެ އަހަރު ވެރިކަމުގެ ދައުރު ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެ ހިސާބުން، ވެރިކަމުގެ ދައުރު ގުނާ ދުވަސް މި އޮތީ ބަދަލުވެފަ އެވެ.
ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މި އަންނަނީ 1968 ގައި ފެށި ޖުމްހޫރީ ވެރިކަމާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެ އިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ. އެކަމަކު 2013ގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދި އެ އަހަރު ވެރިކަމުގެ ދައުރު ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެ ހިސާބުން، ވެރިކަމުގެ ދައުރު ގުނާ ދުވަސް މި އޮތީ ބަދަލުވެފަ އެވެ.
މީގެ މާނަ އަކީ ޖުމްހޫރީ ދުވަހަށް ބަދަލު އައުމެއް ނޫނެވެ. އެކަމަކު ޖުމްހޫރީ ދުވަސް މި ފާހަގަކުރާ ނޮވެމްބަރު 11 އަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަމާ ގުޅުން ހުރި ދުވަހެއް ވެސް ނޫނެވެ. އަދި މިއީ އޭރަކު އޮންނަ ވެރިކަމަށް އަހަރު ފުރޭ ދުވަހެއް ވެސް ނޫނެވެ.
ޖުމްހޫރީ ދުވަހު ވެރިކަމުގެ ދައުރު ނުފެށޭތީ އެކަމުގެ ބަހުސް 2018ގެ ރިއާސީ އިންތިހާބާ ހިސާބުން ހޫނުވި އެވެ. އިންތިހާބު ބާއްވައި އާ ރައީސަކު ހުވާކުރަން ޖެހޭނީ ނޮވެމްބަރު 11 ގައި ކަމެއް 17 ގައި ކަމެއް ބުނަން ނޭނގިގެންނެވެ. ސިޔާސީ ބަހުސްތަކާއި ގާނޫނީ ލަފާތަކަށް ފަހު އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރިއާސީ ދައުރު ފެށޭނީ ނޮވެމްބަރު 17 ގައި ކަމަށެވެ. އެހެންވެ މިއަދަކީ، ރާއްޖޭގައި ފާހަގަކުރާ ޖުމްހޫރީ ދުވަސް ކަމަށް ވިޔަސް މިހާރު މި އޮތް ސަރުކާރަށް ދެ އަހަރު ފުރޭނީ މީގެ ހަ ދުވަސް ފަހުން މި މަހުގެ 17 ގަ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިއާސީ ދައުރު ފަށާނެ ދުވަހުގެ ބަހުސް ކުރި އިރު، ރައީސްގެ ޕާޓީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ ރިއާސީ ދައުރު ގުނާ ދުވަހަށް އައި ބަދަލު ހަމަޖައްސަން ދައުރު ހަމަވުމުގެ ހަ ދުވަސް ކުރިން އިސްތިއުފާ ދެއްވަން ނުވަތަ އެކަމުގައި ދޫ ދެއްވަން ރައީސް ތައްޔާރު ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެއީ ހަމަ ދެކެވުނު ވާހަކައެކެވެ. މިހާރުގެ ރައީސް ދައުރުގެ ހަ ދުވަސް ކުރިން އިސްތިއުފާ ދެއްވުމުގެ ވާހަކަ ދެއްކުމުން، އަސްލު މައްސަލަ ދިމާވި ސަބަބުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު، ރިއާސީ ދައުރު ހަމަވުމުން ވެސް އިތުރު ހަ ދުވަހު ވެރިކަން ނުކުރެއްވި ނަމަ މި ކަމެއް ދިމައެއް ނުވީހޭ ވެސް ބުނެވިދާނެ އެވެ.
ކުރިން މި ބަހުސްގެ ހޫނުގަނޑު ތެރޭގައި ވެސް ޑރ. ވަހީދަށް މިކަމުގައި ފާޑުކިޔުން އަމާޒުވި އެވެ. އެމަނިކުފާނު އޭރު ޓްވީޓެއް ކުރައްވައި ވިދާޅުވީ ޔާމީން ވެރިކަމުގެ ހުވާކުރެއްވީ ނޮވެމްބަރު 17، 2013 ގައި ނަމަވެސް ރިއާސީ ދައުރު ފެށިފައި ވަނީ ނޮވެމްބަރު 11، 2013 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު އިއުލާން ކޮށްފައިވާ ކަމަށެވެ. އެހެންވެ ނޮވެމްބަރު 11 ގައި ހުވާކުރެއްވޭނެ ކަމަށް ވިދާޅުވެ ވަހީދު ވަނީ އިންތިޚާބު ފަސްވީ ހައްލު ކުރެވެން ނެތް ކަންތައްތަކެއް ދިމާވެގެން ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ ކުރިން އޮތް ގޮތަށް، ޖުމްހޫރިއްޔަތަށް އަހަރު ފުރުމާއި ވެރިކަމަށް އަހަރު ފުރުން އެއް ދުވަހަކަށް ހަދަން ބޭނުން ނަމަ، ކޮންމެވެސް ރައީސަކު ޖެހިވަޑައިގަންނަވާނީ ހަ ދުވަސް ކުރިން ވެރިކަން ދޫކޮށްލައްވައި ނޮވެމްބަރު 11 ގައި އާ ދައުރު ފެށޭނެ އިންތިޒާމް ހަމަޖައްސާށެވެ.
ނޮވެމްބަރު 11 ގައި ޖުމްހޫރީ ދުވަސް މި ފާހަގަކުރަނީ ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ ފެށުނު ދުވަހާ ގުޅުވައިގެންނެވެ. އެކަަމަކު މިއީ ރާއްޖޭގައި އަލަށް ޖުމްހޫރީ ވެރިކަމެއް ފެށި ދުވަހާ ގުޅުން ހުރި ދުވަހެއް ނޫނެވެ.
ތާރީހަށް ބަލާއިރު ރަސްގެފާނު އައްސުލްތާން ހަސަން ނޫރައްދީން (ދެ ވަނަ) އާއި އޭރުގެ ބޮޑުވަޒީރު އަލް އަމީރު މުހައްމަދު ފަރީދު އޭޕްރީލް 7، 1943 ގައި އެއްފަހަރާ އިސްތިއުފާ ދެއްވުމުން ތަޚުތު ހުސްވެ ގާނޫނީ ހުސްކަމެއް އަ އެވެ. މި ހުސްކަން ނިމުމަކަށް ގެންނަން "ވަލީ ކޮމިޓީ" އެއް ހަދައި އޭޕްރީލް 11، 1943 ގައި ރަސްކަމަށް ސުމުއްވުލް އަމީރު އަލްހާއްޖަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އިސްކުރި އެވެ. އެއީ އެމަނިކުފާނު ރާއްޖޭން ބޭރުގައި ހުންނަވަނިކޮށެވެ. އެހެންވެ ރަސްމީކޮށް ރަސްކަމާ ހަވާލުވެވަޑައިނުގެން އެތައް ދުވަހެއް ހޭދަވެ ވެރިޔަކަށް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އައްޔަންކުރަން މަސައްކަތް ފެށި އެވެ. އެކަމަކު އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުން ނިންމައި، ފެންނަ ނުފެންނަ ވޯޓެއް ނަގައި ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ބާއްވަން ރައްޔިތުންގެ 99 ޕަސެންޓުގެ ތާއީދާ އެކުގަ އެވެ. އަމީންގެ މި ތާރީހީ ވެރިކަން ފެށުނީ ޖެނުއަރީ 1، 1953 ގަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށި ދުވަހެވެ.
އެކަމަކު އަމީންގެ ވެރިކަމަށް އަހަރު ނުވަނީސް ވައްޓާލައި އަނެއްކާވެސް ރަސްކަމަކަށް މާޗް 7، 1954 ގައި ރާއްޖެ ބަދަލުވި އެވެ. ރަސްކަމަށް އިސްކުރެއްވީ މުހައްމަދު ފަރީދުލްއައްވަލް އެވެ. މިހާރު މި ފާހަގަކުރާ ޖުމްހޫރީ ދުވަސް ގުނަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމަށް ފަހު އެކުލަވާލި ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރިއްޔަތެއް ކަމަށް ކަނޑައަޅައި އޭގެ ދަށުން ރައީސްކަމަށް އިންތިހާބުކުރި އިބްރާހިމް ނާސިރު ރައީސްކަމުގެ ހުވާ، ނޮވެމްބަރު 11، 1968 ގައި ކުރެއްވި ހިސާބުންނެވެ. އެހެންވެ މިއަދަށް އޭގެ ފަހުން 52 އަހަރު ފުރުނީ އެވެ. ފުރަތަމަ ޖުމްހޫރީ ވެރިކަމަށް، މި އަހަރުގެ ޖެނުއަރީ 1 ގައި 67 އަހަރު ވެއްޖެ އެވެ.
ކަންކަން އެނބުރެމުން ގޮސް މިހާރު މި އޮތީ ޖުމްހޫރީ ދުވަސް ބަދަލުވި ގޮތަށް ވެރިކަމުގެ ދައުރު ފެށޭ ދުވަސް ވެސް ބަދަލުވެފަ އެވެ.
"ވެރިކަން ބަދަލުވުން އޮމާންކަމާ އެކު ދަނީ މިފަހަރު"
ގުރުއާން ހިތުދަސްކުރި 13 ހާފިޒަކަށް ހާއްސަ މެޑަލް
ނާޖިހަށް އާއްމުކުރެއްވުނީ ރައީސްގެ ތުއްޕުޅު ހަޔާތް
އުތީމަށް ތާރީޚީ ރެއެއް: އަށިގޭގައި 10 ކޭން
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި
ސިވިލް ސާވިސް ހިދުމަތުގައި ކުލައެއް ނޯންނާނެ: ރައީސް
މިއީ އެންމެ ތާހިރު ފަސް އަހަރަށް ވާނެ: ރައީސް
ބޮޑެތި ފާޑުކިޔުންތަކާ އެކު ނަޝީދަށް މަލާމާތް!
ނޮވެމްބަރު 11 ގައި ދައުރު ފެށޭ ގޮތް ހަދާނަން:ރައީސް