Roadha Mihaaru
ރާއްޖޭގެ ދަރަނިތައް ފަސްކުރަން ޝާހިދު ގޮވާލައްވައިފި

ރާއްޖޭގެ ދަރަނިތައް އަންނަ އަހަރު ނިމެންދެން ފަސްކުރަން ޝާހިދު ގޮވާލައްވައިފި

14 ނޮވެމްބަރ 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާ ހެދި، ރާއްޖޭގެ ދަރަނިތައް އަނބުރާ ދެއްކުން އަންނަ އަހަރު ނިމެންދެން ފަސްކޮށްދޭން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ގޮވާލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާ ހެދި، ރާއްޖޭގެ ދަރަނިތައް އަނބުރާ ދެއްކުން އަންނަ އަހަރު ނިމެންދެން ފަސްކޮށްދޭން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ގޮވާލައްވައިފި އެވެ.

އޭނާ އެކަމަށް ގޮވައިލެއްވީ "ޖީ77 އެންޑް ޗައިނާ" ގެ ޚާރިޖީ ވަޒީރުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ދަރަނިތައް ދެއްކުމުގައި ލުއި އިންތިޒާމުތަކެއް ހޯދަންޖެހޭ ކަމަށާއި ޖީ20 ގެ ގައުމުތަކުން ދޫކުރި ދަރަނިތައް ދެއްކުން މި އަހަރު ފަސްކޮށް ދީފައި އޮތުމުން އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަންނަ އަހަރު ވެސް އިގުތިސާދު މުޅިން ރަނގަޅު ނުވާނެ ކަމަށް ލަފާ ކުރެވޭތީ އަންނަ އަހަރު ނިމެންދެން ދަރަނިތައް އަނބުރާ ދެއްކުން ފަސްކޮށްދޭން ޝާހިދު ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ދޭ މާލީ އެހީ އާއި ދަރަނިތަކަށް ދޭ ލުއިތަކަކީ އެއްވެސް ޝަރުތަކާ ނުލައި ދޭންޖެހޭ ލުއިތަކެކެވެ. ކޮވިޑް-19 ގެ ސަބަބުން ސަޕްލައި އާއި ކުރި އަސަރުތަކުގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ ގެއްލުން ވަރަށް ބޮޑު ކަމަށާއި ރާއްޖެ އިން މަސައްކަތް ކުރަނީ ތަރައްގީގެ ދާއިރާ އިން ލިބިފައިވާ ކުރިއެރުންތައް ކޮވިޑް-19 އާ ގުޅިގެން ގެއްލިގެން ދިޔަ ނުދިނުމަށް ކަމަށް ވެސް އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.

ދަރަނިތައް ދެއްކުން ފަސްކުރަން ޝާހިދު ގޮވައިލެއްވިއިރު، ކޮޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ މާލީ ބޮޑެތި އިދާރާތަކާއި ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން އޮތީ ދަރަނިތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. ދަރަނި ދެއްކުން އިތުރަށް ފަސްކުރުމާ މެދު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ޗައިނާއިން ކުރިން އޮތީ ބުނެފަ އެވެ.