15 ނޮވެމްބަރ 2020
ހަދާ ނުނިމޭ އިމާރާތެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުއްޔަށް ހިފައި، ގިނަ ދުވަސްތަކެއް ވަންދެން އެތަނަށް ކުލި ދެއްކި މައްސަލަ އަނެއްކާ ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ. މިއީ އެ މައްސަލަ ޕީޖީއަށް ފޮނުވި ތިން ވަނަ ފަހަރެވެ.
ހަދާ ނުނިމޭ އިމާރާތެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުއްޔަށް ހިފައި، ގިނަ ދުވަސްތަކެއް ވަންދެން އެތަނަށް ކުލި ދެއްކި މައްސަލަ އަނެއްކާ ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ. މިއީ އެ މައްސަލަ ޕީޖީއަށް ފޮނުވި ތިން ވަނަ ފަހަރެވެ.
ޕީއެސްއެމުން އިން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އަށް އިމާރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާން ކުރީ 2015 ވަނަ އަހަރު އެވެ. އެ ބިޑު ކާމިޔާބު ކުރީ ހ. ޖޯޖެޑް ވިލާ، ދިގު މުއްދަތަކަށް ހަދައިގެން އުޅުނު މީހެކެވެ. އޭނާ ޕީއެސްއެމް އަށް އެތަން ކުއްޔަށް ދީފައިވަނީ މަހަކު 37،000 ރުފިޔާގެ ކުއްޔަކަށެވެ. އެކަމަކު ޕީއެސްއެމުން އެތަނުން ކުލި ދައްކަން ފެށިއިރު، އެތަން ހަދާ ނުވެސް ނިމެ އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހަދާ ނުވެސް ނިމޭ އިމާރާތަކަށް ޕީއެސްއެމުން ވަނީ 2015 އަހަރުގެ ޑިސެމްބަރު މަހާއި ޖެހިގެން އައި ޖެނުއަރީ މަހު، ކުލީގެ ގޮތުގައި 111،000ރ. ދައްކާފަ އެވެ. އަދި 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން، ޖޫން މަހުގެ ނިޔަލަށް 74،000ރ. ދައްކާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ޕީއެސްއެމަށް އެތަން ކުއްޔަށް ދޫކުރީ، ތަން އެއްކޮށް ނިންމާފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ތަން ނިންމާފައި ނުވާތީ އެކަމާ މެދު ޕީއެސްއެމުން ފިޔަވަޅު ނާޅާއިރު، އިމާރާތް ހުރީ ނިންމާފައި ކަމަށް ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު، މުހައްމަދު ހާޝިމް ސޮއިކޮށް މެމޯ ވަނީ ފޮނުވައިފަ އެވެ. ޕީއެސްއެމުން ކުލި ދެއްކީ، އެ މެމޯއަށް ބަލައިގެންނެވެ.
އެހެންވެ، މި މައްސަލައިގައި، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ތިމާއަށް ނުވަތަ ހައްގު ނޫން އެހެން ބަޔަކަށް ފައިދާއެއް ހޯދުމުގެ މަގްސަދުގައި އެކަން ކުރި ކަމުގެ ދައުވާ، ހާޝިމްގެ މައްޗަށް އޭސީސީން ކުރެ އެވެ.
މި މައްސަލަ އޭސީސީން ތަހުގީގުކޮށް، ހާޝިމްގެ މައްޗަށް ދައުވާ ކުރުމަށް އެންމެ ފުރަތަމަ ފޮނުވީ، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ޕީޖީން މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގު ފުރިހަމަ ކުރުމަށް ކަމަށް ބުނެ އެވެ. ދެ ވަނަ ފަހަރަށް ވެސް ޕީޖީން މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
ސަރުކާރާއެކު ޕީއެސްއެމުގެ މެނޭޖްމެންޓު ބަދަލުވުމާއެކު އޭސީސީން އަނެއްކާ ވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރި އެވެ. އޭރު ޕީއެސްއެމުން ބުނެފައިވާ ގޮތުގައި ހަދާ ނުނިމޭ އިމާރާތެއް ކުއްޔަށް ހިފައި ކޮންމެ މަހަކު 37،000 ރ.ގެ ކުއްޔެއް ދައްކަމުން ދިޔައީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމްގެ ނުފޫޒުންނެވެ.
އެކަމަކު އިކްރާމް އެ ތުހުމަތުތަކާ ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތްތަކަކީ އޭނާއަށް އެނގިވަޑައިގެން ހިނގާފައިވާ ކަންތައްތަކެއް ނޫނެވެ.
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
މޭޖާ ނަވީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ