Roadha Mihaaru
ރައީސް ހޯރަފުއްޓަށް ވަޑައިގަތުން މާދަމާއަށް ފަސްކޮށްފި

ރައީސް ހޯރަފުއްޓަށް ވަޑައިގަތުން މާދަމާ އަށް ފަސްކުރައްވައިފި

17 ނޮވެމްބަރ 2020

މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް، ހުޅުވަން ހއ. ހޯރަފުއްޓަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރައްވަން އޮތް ދަތުރުފުޅު މާދަމާ އަށް ފަސްކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް، ހުޅުވަން ހއ. ހޯރަފުއްޓަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރައްވަން އޮތް ދަތުރުފުޅު މާދަމާ އަށް ފަސްކުރައްވައިފި އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ.

"ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވާ ގޮތަށް މިހާރު އޮތީ މާދަމާ،" ހޫދު ވިދާޅުވި އެވެ.

ކުލަގަދަ ރަސްމިއްޔާތަކުން ހޯރަފުށީ އެއާޕޯޓް މިއަދު ހުޅުވާގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ކެންސަލްވި ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީން އަދި ނުބުނެ އެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމި އެއާޕޯޓަށް އިއްޔެ ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. އަދި މިއަދު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް އޮތީ ނިންމައިފަ އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. މި އެއާޕޯޓު އެޅީ މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ.

މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ.